އަޖޭގެ "ޝިވާއޭ"ގެ މާކެޓިން ހެޑަކީ ކާޖޮލް
އަޖޭގެ "ޝިވާއޭ"ގެ މާކެޓިން ހެޑަކީ ކާޖޮލް

ކާޖޮލް މިހާތަނަށް ފެނިފައިވަނީ ހުނަރުވެރި ބަތަލާއެއްގެ ގޮތުގައި ފިލްމުތަކުންނެވެ. ނަމަވެސް މިހާރު ކާޖޮލް ބޭނުންވަނީ ފަރުދާގެ ފުރަގަހުގައި މަސައްކަތްކުރާށެވެ. އެގޮތުން ފިރިމީހާ އަޖޭ ދޭވްގަންގެ އަލަށް ރިލީޒްވާ ފިލްމް "ޝިވާއޭ"ގެ މާކެޓިން މަސައްކަތުގައި އިސްކޮށް ހުންނާނީ ކާޖޮލް އެވެ.

އަޖޭ ޑައިރެކްޓްކޮށް ބަތަލުގެ ރޯލު ވެސް ކުޅޭ މި ފިލްމުގެ ޕްރޮމޯޝަނަލް ކެމްޕެއިން އާއި މާކެޓިން މަސައްކަތުގައި ކާޖޮލްގެ ވަރަށް ބޮޑު ބައިވެރިވުމަށް އޮންނާނެކަމަށް ފިލްމު ޕްރޮޑިއުސްކުރާ ފަރާތުން ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ.

މިއަހަރުގެ ނޮވެމްބަރު ހިސާބުގައި ރިލީޒްކުރަން ހަމަޖެހިފައިވާ މިފިލްމުގައި ބަތަލާގެ ރޯލު ކުޅެފައިވަނީ ސައީޝާ ސައިގަލް އެވެ. އޭނާއަކީ މަޝްހޫރު ފިލްމު އެކްޓަރު ދިލިޕް ކުމާރަށް ބޮޑުބޭބެ ކިޔާ މީހެއްގެ ދަރިއެކެވެ.

ކާޖޮލްގެ އެންމެ ފަހުން ކުޅެފައިވަނީ މިދިޔަ އަހަރު ޝާހްރުކް ޚާނާއެކު އޭނާ ކުޅުނު "ދިލްވާލޭ" އެވެ.