އެކްޓަރު ޖޯސެފް ބްލޮގްނާ ކެންސަރު ބަލީގައި މަރުވެއްޖެ
އެކްޓަރު ޖޯސެފް ބްލޮގްނާ ކެންސަރު ބަލީގައި މަރުވެއްޖެ

"މައި ފެވަރިޓް އިޔާ" ފަދަ ފިލްމްތައް ކުޅެފައިވާ އަދި އޮސްކާ ވެސް ހާސިލްކޮށްފައިވާ ހޮލީވުޑްގެ ދުވަސްވީ އެކްޓަރު ޖޯސެފް ބްލޮގްނާ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އިއްޔެ މަރުވެއްޖެ އެވެ.

އެކްޓަރު ޖޯސެފް ބްލޮގްނާ ކެންސަރު ބަލީގައި މަރުވެއްޖެ
އެކްޓަރު ޖޯސެފް ބްލޮގްނާ ކެންސަރު ބަލީގައި މަރުވެއްޖެ

އޭނާގެ އަންހެނުން އަދި ބަތަލާ ރެނީ ޓޭލާ ބުނީ ޖޯސެފް، 82، މަރުވީ މީގެ ތިން އަހަރު ކުރިން ފެށިގެން ޕެންކްރިއަޓިކް ކެންސަރަށް ފަރުވާ ހޯދަނިކޮށް ކަމަށެވެ. އޭނާ މަރުވީ ކެލިފޯނިއާގެ ސިޓީ އޮފް ހޯޕް ހޮސްޕިޓަލްގައި އިއްޔެ ހެނދުނު އެވެ.

ގިނަ އަދަދެއްގެ ސްޓޭޖްލްޕްލޭތަކެއް ލިޔެ، އޭގައި އެކްޓް ވެސް ކޮށްފައިވާ ޖޯސެފަށް އޮސްކާ ލިބުނީ އަންހެނުން ރެނީ އާއި ޑޭވިޑް ޒެލަގް ގުޑްމަން ގުޅިގެން ލިޔުނު ފިލްމް ލަވާޒް އެންޑް އަދާ ސްޓްރޭންޖާޒް (1970) އިންނެވެ. އެ ތިން މީހުންނަށް ލިބުނީ އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭގެ އޮސްކާ އެވެ.

ލަވާޒް އެންޑް އަދާ ސްޓްރޭންޖާޒް (1970) އަކީ ޖޯސެފާއި އަންހެނުން ރެނީ ފުރަތަމަ ބްރޯޑްވޭ އަށް ލިޔުނު އެއްޗެކެވެ. އެމީ އެވޯޑް ވެސް ހޯދާފައިވާ އެ ދެ މީހުން ލިޔެ، އެކްޓްކޮށްފައިވާ އުފެއްދުންތަކުގެ ތެރޭގައި ސެމީ-ބައޮގްރަފިކަލް ޑްރާމަ މޭޑް ފޮ އީޗް އަދާ (1971) ފާހަގަކޮށްލެވެ އެވެ.

ދެހާސް ބާރަ ވަނަ އަހަރާ ހަމައަށް ފިލްމީ ދާއިރާގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު ޖޯސެފް މަރުވި އިރު، އޭނާގެ އިތުރު މަސައްކަތެއް ވެސް އޮތީ ބެލުންތެރިންނާ ހަމައަށް އައުމުގެ މަގުމަތީގަ އެވެ. އެއީ އޭނާ ލިޔެ، އެކްޓްކޮށްފައިވާ "ޓޭންގޯ ޝެލޮމް" އެވެ.

މި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ޖޯސެފްގެ ހަމައެކަނި ފިރިހެން ދަރިފުޅު ގެބްރިއެލް ބޮލޮގްނާ އެވެ.