ޝޫޓިންއެއްގައި ސައިފަށް އަނިޔާވެ ހޮސްޕިޓަލުގައި
ޝޫޓިންއެއްގައި ސައިފަށް އަނިޔާވެ ހޮސްޕިޓަލުގައި

ސައިފް އަލީ ޚާންގެ ޕްރޮޑަކްޝަން ހައުސް އިން މިހާރު ތައްޔާރުކުރަމުންދާ އާ ފިލްމެއްގެ ޝޫޓިއެއްއެއްގައި އޭނާގެ ބޮޑުވާ އިނގިޔަށް ބޮޑު އަނިޔާއެއް ލިބިގެން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރަން ޖެހިއްޖެ އެވެ.

ޝޫޓިންއެއްގައި ސައިފަށް އަނިޔާވެ ހޮސްޕިޓަލުގައި
ޝޫޓިންއެއްގައި ސައިފަށް އަނިޔާވެ ހޮސްޕިޓަލުގައި

ސައިފް މިހާރު އޮތި ކޮކިލަބެން އަމްބާނީ ހޮސްޕިޓަލުގަ އެވެ. އަދި އޭނާގެ އިނގިލީގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމެއްވެ އެވެ.

އެ ހޮސްޕިޓަލުގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ސައިފްގެ ބޮޑުވާއިނގިއްޔަށް ލިބުނު އަނިޔާއަކަށް ކުޑަ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި ދެ ދުވަހެއްގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށެވެ.
ސައިފްގެ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޮއްކޮ ސޯހާ ބުނީ ބޭބެގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. ނަމަވެސް ބޮޑުވާއިނގިއްޔަށް ފުދޭވަރެއްގެ ބޮޑު އަނިޔާއެއް ލިބިފައިވާކަމަށް ސޯހާ ބުންޏެވެ.

ސައިފަށް އަނިޔާވީކަން އެނގިގެން އަންހެނުން ކަރީނާ ކަޕޫރު ވަރަށް ހާސްވެފައި ހޮސްޕިޓަލަށް ގޮސް ނުކުމެގެން ދާތަން ފެނިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.