14 އޯގަސްޓް 2017 - 10:03

އުރީދޫގެ ހާއްސަ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ހެދި "ކްލަބް ޕްރިމިއާ ލައުންޖް" ރޭ ހުޅުވައިފި އެވެ.

ކްލަބް ޕްރިމިއާ ލައުންޖް ހުޅުވީ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެސްބީއައި ކައިރީގައި ހުންނަ ހ. މާދޫގަ އެވެ. އުރީދޫ އިން ބުނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ރޭގަނޑު 10:00 އަށް އެތަނުން ހިދުމަތް ދޭނެ ކަމަށެވެ.
ޕްރިމިއާ ލައުންޖް ހުޅުއްވައި ދެއްވީ ފުޅާދާއިރާއެއްގައި އެފްއެންބީގެ ހިދުމަތް ދެމުން އަންނަ ލިލީ އިންޓަނެޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު އާމިރު މަންސޫރެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ބާލާޖީ ސްރިނިވާސަން ވިދާޅުވީ، އެ ކުންފުނިން މަސައްކަތް ކުރަނީ ކޮންމެ މުއާމަލާތެއްގައި ކަސްޓަމަރުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާނީ ކަސްޓަމަރުން ގަޔާވާ، އުފެއްދުންތެރި ތަޖުރިބާ ތަކާއި ގުޅުވާލަދިނުން،" ސީސީއޯ ވިދާޅުވި އެވެ.
އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ހިދުމަތްތަށް ޕްރިމިއަމް ލައުންޖުން ލިބޭނެ އެވެ. ޕްރިމިއަމް ކްލަބަށް ސްމާޓް އެކްސެސް މެދުވެރިކޮށް، ކްލަބްގެ މެންބަޝިޕް ކާޑުން ބޭނުން ކޮށްގެން ވަދެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ޕްރިމިއަމް ކްލަބަކީ އުރީދޫގެ ބޮޑެތި ޕެކޭޖުތައް ގެންގުޅޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ދޭ ހާއްސަ މެމްބަޝިޕެކެވެ.