ފެނަށް ޖެހުނު މިޝިގަންގެ ފްލިންޓަށް ބްރޫނޯ މާސްގެ މިލިއަން ޑޮލަރުގެ އެހީއެއް ދީފި
ފެނަށް ޖެހުނު މިޝިގަންގެ ފްލިންޓަށް ބްރޫނޯ މާސްގެ މިލިއަން ޑޮލަރުގެ އެހީއެއް ދީފި

މީގެ އަހަރެއްހާ ދުވަސް ކުރިން އެމެރިކާގެ މިޝިގަން ސިޓީގެ ފްލިންޓްގެ ރައްޔިތުންނަށް ކުރިމަތިވި ސާފު ބޯފެން ނުލިބުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން، އެމެރިކާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އެ ސިޓީ އަށް އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

އޭނާގެ އެންމެ ފަހުގެ އަލްބަމް "24 ކޭ މެޖިކް" ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ޓުއާގެ ތެރެއިން މިޝިގަންގައި ބޭއްވި ކޮންސަޓް ތެރޭގައި 31 އަހަރުގެ ލަވަ ކިޔުންތެރިޔާ ވަނީ އެއް މިލިއަން ޑޮލަރު ހަދިޔާ ކުރާކަން އިއުލާންކޮށްފަ އެވެ. އޭނާ މިކަން އިއުލާން ކުރުމާ އެކު ކޮންސަޓަށް އެއްވެފައި ތިބި އެތައް ހާސް ބައެއް ޝުކުރުގެ އަޑުން މުޅި ސަރަހައްދު ގުގުމައިލި އެވެ.

ބްރޫނޯ ބުނީ އޭނާ ފްލިންޓަށް ހަދިޔާކުރާ ފައިސާއަކީ ކޮންސަޓުން ލިބުނު ފައިސާގެ ތެރެއިން ބައެއް ކަމަށެވެ. އެ ފައިސާ މިހާރު ވަނީ ދަ ކޮމިއުނިޓީ ފަައުންޑޭޝަން ގްރޭޓް ފްލިންޓްގެ އެކައުންޓަށް ޖަމާ ވެސް ކޮށްދީފަ އެވެ.

"އަހަރެންގެ ކޮންސަޓްގައި މިޝިގަންގެ ރައްޔިތުން ބައިވެރި ފްލިންޓަށް ދޭ އެހީގައި ހިއްސާވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ވެސް އަދާ ކުރަން،" ބްރޫނޯ ބުންޏެވެ.

އޭނާ އަންނަނީ ފްލިންޓަށް ދިމާވި ފެނުމުގެ މައްސަލަ ހައްލުކޮށް ދޭން މިހާރު ވެސް ތަފާތު މަސައްކަތްތައް ކުރަމުންނެވެ.