12 އޯގަސްޓް 2017 - 14:47

އުއްތަރަ ޕްރަދޭޝް (އޮގަސްޓް 12) - އިންޑިއާގެ އުތުރުގެ އުއްތަރަ ޕްރަދޭޝްގައި ސަރުކާރުން ހިންގާ ހޮސްޕިޓަލެއްގައި ދެ ދުވަސް ތެރޭ 30 ކުޑަ ކުދިން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ގޮރަކްޕޫރުގެ ބާބާ ރަގާވް ދާސް ހޮސްޕިޓަލުން ކުދިން މަރުވި ސަބަބެއް ކަމަށް ބުނެފައި ވަނީ އެ ކުދިން ތިބި ވޯޓަށް އޮކްސިޖަން ނުލިބިގެންނެވެ. ބުރާސްފަތި ދުވަހު 23 ކުދިން މަރުވި އިރު އިއްޔެ ވަނީ 11 ކުދިން އެ ހޮސްޕިޓަލުން މަރުވެފަ އެވެ.
ފުލުހުންގެ ސީނިއާ ސުޕްރިންޓެންޑެންޓް ސަތިޔަތު އަނިރުއްދާ ޕަންކާޖް ވިދާޅުވީ ހޮސްޕިޓަލުން ކުދިން މަރުވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އިންޑިއާގެ ސަރުކާރު ހޮސްޕިޓަލުތަކުން ޚިދުމަތް ދިނުމުގައި މައްސަލަ އުޅޭ ކަމުގެ ޝަކުވާ ހުރިހާ ހިސާބެއްގައި ވެސް ކުރެ އެވެ. ގިނަ މީހުން ސަރުކާރުގެ ހޮސްޕިޓަލްތަކަށް ދަނީ އަގު ހެޔޮވުމުންނެވެ. ނަމަވެސް ކިރިޔާ ވެސް ފޯރާ މީހަކު ނަމަ ބޮޑަށް އިޚްތިޔާރު ކުރަނީ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކެވެ.