ސްޓައިލް ޓިޕް: ޖޮބް އިންޓަވިއުއަކަށް ދާއިރު ރަނގަޅީ ކަޅުކުލަ
ސްޓައިލް ޓިޕް: ޖޮބް އިންޓަވިއުއަކަށް ދާއިރު ރަނގަޅީ ކަޅުކުލަ

ވަޒީފާއެއް ހޯދުމަށް އިންޓަވިއުއަކަށް ދިއުމުގެ ކުރިން ކޮންމެ މީހަކު ވެސް އެމީހެއްގެ ސީވީ ފަދަ ލިޔެކިޔުންތައް ދެއްކުމުގެ އިތުރުން އިންޓަވިއުގައި ދައްކާނެ ވާހަކަ އާއި ގެންގުޅޭނެ ހަރަކާތްތައް ފަދަ ކަންކަމާ ވެސް ވިސްނަ އެވެ.

މީގެ ތެރެއިން އެންމެ މުހިންމީ ތިމާ ހުށަހަޅާދޭ ސިފަ އެވެ. ސަބަބަކީ އިންސާނެއްގެ ސިކުނޑި އެންމެ ހަތް ސިކުންތުގެ ތެރޭގައި އަނެއްމީހާގެ ސިފައަށް އިންސާފުކޮށް ގޮތެއް ނިންމާތީ އެވެ. އެހެންވެ، އިންޓަވިއުއަކަށް ދާއިރު ލައިގެން ހުންނަ ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭނެ އެވެ.

އިންޓަވިއުއަކަށް ދާއިރު ސްޓައިލް ރީތިކޮށް ސާފުކޮށް ބެހެއްޓުމުން އެ ބައްދަލުވުމަކަށް ކެރިގެން ކުރިމަތިލާން ހިތްވަރު ލިބޭނެ އެވެ. އިނގިރޭސި ވިލާތުގެ ޓިޝާޓު ކުންފުންޏަކުން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި، ކަޅު ކުލައަކީ އިންޓަވިއުއަކަށް ލާން އެންމެ އެކަށީގެންވާ ކުލަ ކަމަށެވެ. މި ކުންފުނީގެ 1000 ކަސްޓަމަރުންގެ ތެރެއިން 48 ޕަސެންޓް އަންހެނުންނާއި 64 ޕަސެންޓް ފިިރިހެނުން ބުނިގޮތުގައި ކަޅު ކުލަ އަކީ އެމީހެއް ކެރޭކަން ދައްކުވައިދޭ ކުލަ އެވެ.

އެ ޒަމާނަކަށް ގުޅޭ، ޖެހިލުން ނުވާ ސީރިއަސް މީހެއްކަން ދައްކުވައިދޭ އެކި ސިފަތައް މިކުލައިން ރަމްޒުކޮށްދެ އެވެ.