11 އޯގަސްޓް 2017 - 15:08

ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ތިބި ފަސް ބިދޭސީއަކު ރޭ ފިލައިފި އެވެ.
ކަރެކްޝަންސް އިން ބުނީ ފިލާފައިވަނީ އެކި ތުހުމަތުތަކުގައި ބަންދުކޮށްފައި ތިބި ބަންގްލަދޭޝްގެ ފަސް މީހެއް ކަމަށާއި އެ މީހުން ފިލާފައިވަނީ ރޭގެ މެންދަމުގެ ވަގުތެއްގައި ކަމަށެވެ. އެ މީހުން ފިލާފައިވަނީ އެތަނުގައި ޓިނުން ޖަހާފައި ހުރި ފެންސެއް ހަލާކު ކޮށްލައިގެން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
"ހުކުމް ކޮށްފައި ތިބި ބައެއް ނޫން އެއީކީ. އެ މީހުން ފުރުވާލެވެން ދެން އެތަނުގައި ބަންދު ކޮށްފައި ތިބި ބައެއް އެއީ،" ކަރެކްޝަންސްގެ ތަރުޖަމާނު ވިދާޅުވި އެވެ.
އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.