އެއާޕޯޓުގައި ދުއްވާފައި ދިޔަ ކާރެއް މޫދަށް ވެއްޓިއްޖެ
އެއާޕޯޓުގައި ދުއްވާފައި ދިޔަ ކާރެއް މޫދަށް ވެއްޓިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ކޮޅުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މޫދަށް ވެއްޓިއްޖެ އެވެ.

އެއާޕޯޓުގައި ދުއްވާފައި ދިޔަ ކާރެއް މޫދަށް ވެއްޓިއްޖެ
އެއާޕޯޓުގައި ދުއްވާފައި ދިޔަ ކާރެއް މޫދަށް ވެއްޓިއްޖެ

ފުލުހުން ބުނީ މިއަދު 11:30 ހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

"އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުން،" ފުުލުހުން ބުންޏެވެ.

ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެއީ ގެސްޓް ހައުސްއެއްގައި ޕެސެންޖަރުން އުފުލަން ބޭނުން ކުރާ ޓޮޔޯޓާ ކާރެކެވެ. ކާރު އޮތީ ހުޅުލޭގެ އިރުމަތީ ފަރާތު އެއްގަމު ތޮށިގަނޑުން ލާފައި ގޮސް މޫދުގަ އެވެ.

އެކަމަކު އެ ކާރުގައި ތިބީ ކިތައް މީހުން ކަމެއް އަދި އެކްސިޑެންޓް ހިނގީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ.