މާޅޮހާއި މިލަންދޫ: ފުރަތަމަ މެޗުން ލިބުނު އިތުބާރާ އެކު
މާޅޮހާއި މިލަންދޫ: ފުރަތަމަ މެޗުން ލިބުނު އިތުބާރާ އެކު

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ށ. މިލަންދޫ އާއި އއ. މާޅޮސް ބައްދަލުކުރާއިރު ދެ ޓީމުގެ ކޯޗުން ވެސް ބުނަނީ ފުރަތަމަ ކުޅުނު މެޗުން ބަލިވި ނަމަވެސް ވަރަށް ބޮޑު އިތުބާރެއް ލިބިއްޖެ ކަމަށާއި މިއަދު ނުކުންނާނީ ކުރިއަށް ވުރެ ވަރުގަދަކޮށް ކަމަށެވެ.

މާޅޮހާއި މިލަންދޫ: ފުރަތަމަ މެޗުން ލިބުނު އިތުބާރާ އެކު
މާޅޮހާއި މިލަންދޫ: ފުރަތަމަ މެޗުން ލިބުނު އިތުބާރާ އެކު

މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރެއްގެ ތެރޭ ހިމެނިގެން ޕްރިމިއާ ލީގަށް އައި ދެ ޓީމުގެ ތެރެއިން މިލަންދޫ ކުޅުނު ފުރަތަމަ މެޗުން ކްލަބް ގްރީންސްޓްރީޓްސް އަތުން 2-1 އިން ބަލިވީ ފަހު ވަގުތެވެ. މާޅޮސް ކުޅުނު ފުރަތަމަ މެޗުން، ފުރަތަމަ ޑީވިޝަނުގެ ކުޅުންތެރިންތަކެއް ހިމެނޭ ގދ. ތިނަދޫ އަތުން 1-0 އިން ބަލިވި ނަމަވެސް ރަނގަޅަށް ކުޅުނެވެ.

މާޅޮހާއި މިލަންދޫ: ފުރަތަމަ މެޗުން ލިބުނު އިތުބާރާ އެކު
މާޅޮހާއި މިލަންދޫ: ފުރަތަމަ މެޗުން ލިބުނު އިތުބާރާ އެކު

"އެ މެޗަށް ފަހު އިތުބާރު ލިބިއްޖެ،" މާޅޮހުގެ ކޯޗު އަލީ ނިޝްތާރު ބުންޏެވެ. "ހަގީގަތުގައި ލީގާ ކުރިމަތިލީ މަދު ޕްރެކްޓިސްތަކެއް ކުރުމަށް ފަހު. އެންމެ ފްރެންޑްލީއެއް ކުޅުނީ ވެސް. އެކަމަކު ތިނަދޫ މެޗުގައި ދެއްކި ކުޅުމާ އެކު ޔަގީންވެއްޖެ މި ލެވެލުގައި ވެސް ވާދަކުރެވިދާނެކަން. އެކަމަކު އެ ހިސާބުން އަދި ނުނިމޭ. އަދި އެބަޖެހޭ މިއަށް ވުރެ ރަނގަޅަށް ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރެން."

ވިކްޓަރީގެ ކުރީގެ އެސިސްޓަންޓް ކޯޗު ބުނީ އޭނާ ހަވާލުވިއިރު ޓީމުގައި އޮތީ ވަރަށް އެއްކޮށް މަސައްކަތްކުރާ ގްރޫޕެއް ކަމަށާއި އޭގެ ސަބަބުން ޓީމް ވޯކް ރަނގަޅު ކަމަށެވެ. އެކަމަކު ތަޖުރިބާކާރު ކުޅުންތެރިންގެ މައްސަލަ ދިމާވި ކަމަށް އޭނާ ބުންޏެވެ.

"އެކަމަކު މާލޭން އައި ކުޅުންތެރިން އެބައި އެބަ އަދާކުރޭ. އެ ކުޅުންތެރިންގެ ތަޖުރިބާގެ ބޭނުން ޓީމަށް ވަރަށް ބޮޑަށް ހިފޭ. އެހެންވެ ޓީމުގައި މިއޮތީ ވަރަށް ރަނގަޅު މިކްސްއެއް،" ނިޝްތާރު ބުންޏެވެ.

މާޅޮސް ޓީމު އެ ރަށުގައި ޕްރެކްޓިސް ކުރުމަށް ފަހު މާލެ އަންނަނީ މެޗުގެ އެއް ދުވަސް ކުރިންނެވެ. އޭނާ ބުނީ އެގޮތަށް އައުމަކީ އުނދަގުލަކަށް ވިޔަސް އެކަން ނަގަނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ.

"ހަގީގަތުގައި ވަރަށް ޒަމާންކޮށްފައި އަތޮޅު ޓީމުތަކަށް ފުރުސަތު މި ލިބެނީ. އެހެންކަމުން އެ ފުރުސަތުގެ ބޭނުން ހިފަން އެބަޖެހޭ. ޑިސްއެޑްވާންޓޭޖްތަކަކަށް ވެދާނެ ދަތުރުކޮށްފައި އައުން. އެކަމަކު އަޅުގަނޑުމެންނަށް އެބައޮތް މާލޭގައި ވެސް ތިބެވެން. އަޅުގަނޑުމެން އިހުތިޔާރުކުރީ ރަށުގައި ޕްރެކްޓިސްކޮށްފައި ކުޅެން އަންނަން. އެހެންކަމުން އުނދަގޫތަކެއް ހުއްޓަސް މިކަން ޕޮޒިޓިވްކޮށް ނަގައި މި ލިބުނު ފުރުސަތުގެ ބޭނުން ހިފަން އަޅުގަނޑު ވިސްނަނީ،" ނިޝްތާރު ބުންޏެވެ.

މިލަންދޫގެ ކޯޗު އަދި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ނާސިރު ބުނީ ފުރަތަމަ މެޗުން ބަލިވިޔަސް ދެކެނީ އެއީ މޮޅެއްގެ ގޮތުގައި ކަމަށާއި އެ މެޗުން ލިބުނު ތަޖުރިބާގެ ބޭނުން މި މެޗުގައި ހިފޭނެ ކަމަށެވެ.

"ހަގީގަތުގައި ހުރިހާ ޓީމުތަކާ ރޭންކުރާއިރު އަޅުގަނޑުމެން ޓީމުގައި އެކްސްޕީރިއަންސް ކުޅުންތެރިން މަދުވާނެ. ކޮންމެ ޓީމެއްގައި ބިދޭސީ ކުޅުންތެރިން ތިބިއިރު އަޅުގަނޑުމެން މި ނުކުންނަނީ ސަތޭކަ ޕަސެންޓް ދިވެހި ކުޅުންތެރިން ގޮވައިގެން. އެކަމަކު ކޮންމެ މެޗަކަށް ފަހު އެ ލިބޭ ތަޖުރިބާރުގެ ބޭނުން ހިފޭނެ. މި މެޗުގައި ކުރީ މެޗުގެ ތަޖުރިބާ ބޭނުންކުރާނަން،" ނާސިރު ބުންޏެވެ.

އޭނާ ބުނީ މާލޭ ލީގުން އައި ޓީމަކާ ދެކޮޅަށް ކުޅޭއިރު ވެސް އަދި މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމަކާ ދެކޮޅަށް ކުޅޭއިރު ވެސް ވިސްނުން ތަފާތުނުކުރާނެ ކަމަށެވެ. ސަބަބަކީ އޭނާ ބުނި ގޮތުގައި މި ލެވެލުގައި އާދައިގެ ޓީމެއް ވާދަކުރާނެ ކަމަށް އޭނާ ނުދެކުމެވެ.

ގައުމީ ޓީމާ އެކު 2005 ގެ ސާފް ޗެމްޕިއަންޝިޕުގައި އަދި އެ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ ނިއު ރޭޑިއަންޓުން ހޯދިއިރު މޮޅު ކުޅުމެއް ދެއްކި ނާސިރު ބުނީ ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދިނުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި މި މުބާރާތަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށެވެ.

"މިއަށް ވުރެ ވެސް މަތީ ލެވެލެއްގައި ކޯޗުކަންކުރުން އުއްމީދުކުރަން،" ނާސިރު ބުންޏެވެ.