އިއްސެގެ މަރުގެ ޝަރީއަތް ކެންސަލްކޮށްފި
އިއްސެގެ މަރުގެ ޝަރީއަތް ކެންސަލްކޮށްފި

ހއ. އިހަވަންދޫގައި މަރާލި އިސްމާއިލް އުމަރު(އިއްސެ) ގެ މަރުގެ ޝަރީއަތް މިއަދު ފަށަން ހަމަޖެއްސުމަށް ފަހު ކެންސަލްކޮށްފި އެވެ.

އިހަވަންދޫ އައިސްޕާންޓް ތެރޭގައި މިދިޔަ ޖޫން މަހު މަރާލާފައި އޮއްވާ ފެނުނު އިއްސެގެ މަރުގެ މައްސަލާގައި ތިން ބިދޭސީއަކަށް ދައުލަތުން ދައުވާ ކުރާއިރު މިއަދު ފަށަން ހަމަޖައްސާފައި އޮތީ އޭގެ ތެރެއިން އެންމެ އިސް މީހާ ކަމަށް ތުހުމަތު ކުރެވޭ ސުމޮން މިއާގެ ޝަރީއަތެވެ.

ސުމޮން މިއާގެ ޝަރީއަތް މިއަދު ކެންސަލްކުރި ސަބަބު އަދި ސާފެއް ނުވެ އެވެ.

އިއްސެގެ މަރާލުމުގައި އެންމެ އިސް މީހާ ކަމަށް ތުހުމަތު ކުރާ ސުމޮން އަކީ އިއްސެއާ އެކު އައިސް ޕްލާންޓްގައި މަސައްކަތް ކުރި ބިދޭސީއެކެވެ. އެކަމަކު އިއްސެ މަރާލުމުގެ ދެތިން ދުވަސް ކުރިން އޭނާ ވަނީ އެތަނުން ފިލައިފަ އެވެ. އިއްސެ މަރާލި ކަމަށް ތަހުގީގުގައި އޭނާ ވަނީ އެއްބަސްވެފަ އެވެ.