ތައިލެންޑުގެ މާމައަކު 91 އަހަރުގައި ޑިގްރީ ފުރިހަމަކޮށްފި
ތައިލެންޑުގެ މާމައަކު 91 އަހަރުގައި ޑިގްރީ ފުރިހަމަކޮށްފި

ބެންކޮކް (އޮގަސްޓް 10) - ތައިލެންޑުގެ މާމަ އަކު 91 އަހަރުގައި ފުރަތަމަ ޑިގްރީ ފުރިހަމަކޮށްފި އެވެ.

ތައިލެންޑުގެ މާމައަކު 91 އަހަރުގައި ޑިގްރީ ފުރިހަމަކޮށްފި
ތައިލެންޑުގެ މާމައަކު 91 އަހަރުގައި ޑިގްރީ ފުރިހަމަކޮށްފި

"ކިޔެވުމަށް ލަހެއް ނުވާނެ ކަމަށް" ބުނެ ކިމްލާން ޖިނަކުލް ޑިގްރީ ހާސިލް ކުރީ 10 އަހަރަށް ވުރެ ގިނަ ދުވަހުގެ މަސައްކަތުންނެވެ. އޭނާ ބުނީ އަބަދުވެސް ޔުނިވާސިޓީ އަށް ދާހިތްވާ ކަމަށާއި އެކަމަކު ޒުވާން އުމުރުގައި އެ ފުރުސަތު ނުލިބުނީ ކަމަށެވެ. އެކަމަކު އޭނާގެ ދަރިން ވެސް ޔުނިވާސިޓީ ނިންމި ފަހުން މި ވަނީ ކިމްލާން އަށް ކިޔެވުމުގެ ފުރުސަތު ލިބި، އޭނާގެ ހުވަފެން ހަގީގަތަކަށް ހަދައިފަ އެވެ.

ތައިލެންޑުގެ މާމައަކު 91 އަހަރުގައި ޑިގްރީ ފުރިހަމަކޮށްފި
ތައިލެންޑުގެ މާމައަކު 91 އަހަރުގައި ޑިގްރީ ފުރިހަމަކޮށްފި

ކިމްލާންގެ ފަސް ކުދިންގެ ތެރޭން ހަތަރު ކުދިން ވަނީ މާސްޓާސް ޑިގްރީ ފުރިހަމަކޮށްފަ އެވެ. މީގެ ތެރޭން އެއް ކުއްޖަކު ދަނީ އެމެރިކާގައި ޕީއެޗްޑީ އަށް ކިޔަވަމުންނެވެ.

ކިމްލާން އަށް ކިޔެވުމަށް ހިތްވަރު ލިބުނީ އޭނާގެ އަންހެން ދަރިއެއްގެ ފަރާތުންނެވެ. ސުކޮތައި ތަމައްތިރާތު އޯޕަން ޔުނިވާސިޓީން އަންހެން ދަރިފުޅު ކޯހެއް ހަދަން ފެށުމުން ކިމްލާން ވެސް ކިޔަވަން ބޭނުންވި އެވެ. އޭރު އޭނާގެ އުމުރުން 72 އަހަރެވެ. ނަމަވެސް ކިޔަވަމުން ދަނިކޮށް ދަރިފުޅު މަރުވުމުން ކިމްލާން ވަނީ ކޯސް މެދު ކަނޑާލައިފަ އެވެ. ނަމަވެސް 85 އަހަރުގައި ކިމްލާން އަނެއްކާވެސް ވަނީ ހިއުމަން އިކޮލޮޖީން ޑިގްރީ އަށް ކިޔަވަން ފަށައިފަ އެވެ.

ކިމްލާން ބުނީ ކިޔެވުމަށް ލަހެއް ނުވާނެ ކަމަށާއި އޭނާގެ ސިކުނޑި އަބަދުވެސް ވަނީ ހުޅުވިފައި ކަމަށެވެ.

"ދުނިޔެ ނުހުއްޓޭހާ ހިނދު އަބަދުވެސް އާ މައްސަލަތައް ހައްލު ކުރަން ޖެހިފައި އޮންނާނީ،" ކިމްލާން ބުންޏެވެ.

ކާމިޔާބުގެ ސިއްރަކީ ކޮބައިތޯ އެހުމުން އޭނާ ބުނީ އެހާ ހިސާބަކަށް ދިއުމުގެ ސިއްރަކީ އަޒުމާއި އުއްމީދު ކަމަށެވެ. ޑިގްރީއާ އެކު ދެން ކުރާނީ ކޮންމެ ކަމެއްތޯ އެހުމުން އޭނާ ބުނީ "އެއްވެސް މީހަކު އަޅުގަނޑު ވަޒީފާއަށް ނަގާނެހެން ހީނުވާ" ކަމަށެވެ. އެހެންވެ އޭނާ ދެން ކުރިއަށް ދާނީ މާމަ ކުދިން ބެލުމުގައި ކަމަށް ބުންޏެވެ.