11 އޯގަސްޓް 2017 - 06:17

އިންޑިއާގެ މަޝްހޫރު ގަހަނާ ބްރޭންޑެއް ކަމަށްވާ ޖޮޔަލުކަސްގެ ބްރޭންޑް އެމްބެސެޑަރަކަށް ބަތަލާ ކާޖޮލް ހަމަޖައްސައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ބްރޭންޑްގެ އެމްބެސެރަކަށް ކާޖޮލް ހަމަޖެއްސީ ކުރިއަށް އޮތް ދެ އަހަރު ދުވަހަށެވެ.
އެގޮތުން އިންޑިއާ އާއި ބޭރުގެ މާކެޓްތަކުގައި ޖޮޔަލުކަސް ބްރޭންޑްގެ ގަހަނާތައް ކާޖޮލް ޕްރޮމޯޓް ކުރާނެ އެވެ. އެ ބްރޭންޑަށް އޭނާ ސޮއި ކުރީ ބޮޑު އަގަކަށް ކަމަށް ވިޔަސް، އެއްބަސްވުމުގެ އަގަކީ ކޮބައި ކަމެއް ހާމަކޮށްފަ އެއް ނުވެ އެވެ. ކާޖޮލްއަކީ މިހާރު ވެސް ބައެއް ބްރޭންޑްތައް އިޝްތިހާރުކޮށްގެން ބޮޑު އާމްދަނީއެއް ހޯދާ ބަތަލާއެކެވެ.
ކާޖޮލްއާ އެކު ކުރިއަށް ގެންދާ ޕްރޮމޯޝަނަލް ހަރަކާތްތަކަށް 200 ކްރޯޑް ރުޕީސްގެ ބަޖެޓެއް ވަނީ ޖޮޔަލުކަސް އިން ވަނީ ހަމަޖައްސައިފަ އެވެ.
ޖޮޔަލުކަސްގެ އެމްބެސެޑަރަކަށް ކާޖޮލް ހަމަޖައްސާފައި މި ވަނީ އެ ބްރޭންޑްގެ ރިޓެއިލް މާކެޓް ފުޅާ ކުރުމަށް 600 ކްރޯޑް ރުޕީސް ވެސް އިންވެސްޓް ކުރަން ނިންމުމާ ގުޅިގެންނެވެ.
އިންޑިއާގެ ކެރެލާ އަށް ނިސްބަތްވާ ޖޮޔަލުކަސްގެ އެމްބެސެޑަރުކަން ކުރިން ކޮށްފައިވާ ބޮލީވުޑްގެ ތަރިންގެ ތެރޭގައި ވިދިޔާ ބާލަން ހިމެނެ އެވެ.