ރަންވީރް ސިންގް ރޯހިތު ޝެޓީގެ ފިލްމަކަށް ސޮއިކޮށްފި
ރަންވީރް ސިންގް ރޯހިތު ޝެޓީގެ ފިލްމަކަށް ސޮއިކޮށްފި

ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި ރަންވީރު ސިންގް މިދިޔަ އަހަރު ޓީވީ އިޝްތިހާރެއްގައި އެކުގައި މަސައްކަތް ކުރި ހިސާބުން ފެށިގެން ވެސް، މި ދެ މީހުން ފީޗާ ފިލްމަކަށް ތައްޔާރުވަމުން އަންނަ ވާހަކަ ފެންމަތިވެފައިވެ އެވެ.

އެކަން ރޯހިތު މިހާރު ވަނީ ކަށަވަރުކޮށް ދީފަ އެވެ.

މި އަހަރުގެ ފަހުކޮޅު ރިލީޒް ކުރާ ކޮމެޑީ ފިލްމް "ގޯލްމާލް އެގެއިން" ގެ ޑައިރެކްޓަރު ބުނީ ރަންވީރާ އެކު އޭނާ ހަދާނީ ވަރަށް ވަރުގަދަ އެކްޝަން ފިލްމެއް ކަމަށެވެ. އަދި އެ ފިލްމުގެ މަސައްކަތް ފަށާނީ ރަންވީރު މިހާރު ކުޅެމުން އަންނަ ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" އާއި ޒޯޔާ އަހްތަރުގެ "ގުލީ ބޯއި" ގެ މަސައްކަތްތަކުން އޭނާ އަވަދިވުމުން ކަމަށް ރޯހިތު ބުންޏެވެ.

"ބެލުންތެރިންނަށް ދޭން އޮތް ޔަގީން ކަމަކީ މާ ލަސްތަކެއް ނުވެ އަހަރެންގެ ފިލްމެއް ރަންވީރު ޑައިރެކްޓް ކުރާނެކަން. އެހެންވެ އިންތިޒާރުކޮށްލާށޭ ބުނާނީ،" ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރޯހިތު ބުންޏެވެ. "އެ ފިލްމްވެގެން ދާނީ ރޯ އެކްޝަން ފިލްމަކަށް."

އެހެން ނަމަވެސް ފިލްމާ ބެހޭ އިތުރު ތަފުސީލަކަށް ދާން އަދި މާ އަވަސް ކަމަށް "ސިންގަމް" ޕްރެންޗައިޒްގެ ޑައިރެކްޓަރު ބުންޏެވެ.

ރަންވީރާއި ދީޕިކާ ޕަދްކޯން އަދި ޝާހިދު ކަޕޫރް ލީޑް ރޯލް ކުޅޭ "ޕަދްމާވަތީ" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ މި އަހަރުގެ ނޮވެމްބަރުގެ 17 ގަ އެވެ.