10 އޯގަސްޓް 2017 - 07:01

ސެމްސަންގް އަދި އެޕަލް ފަދަ މަޝްހޫރު ކުންފުނިތަކުން، ރީޓެއިލް ފޮޮށި ތެރެ އަށް "ހަދިޔާ" ލުމަކީ ކުރާ ކަމެއް ނޫނެވެ. އެހެން ނަމަވެސް ގެލަކްސީ ނޯޓް 7: "ފޭންޑަމް އެޑިޝަން" ގަންނަން ފުރުސަތު ލިބުނު މީހުންނަށް ތަފާތެއް ވާނީ ފާހަގަކުރެވިފަ އެވެ. ފޮށި ތެރެއިން ޕްލާސްޓިކް ކަވަރެއް ވާނީ ފެނިފަ އެވެ. އެއީ ސެމްސަންގް އިން ދިން ހަދިޔާއެކެވެ. ފޭންޑަމް އެޑިޝަންގެ ކޮންމެ ފޯނަކާ އެކު ކަވަރެކެވެ.

ގެލަކްސީ ނޯޓް 8 ނެރޭ ތާރީޚް ބޯމަތިވެފައި ވާއިރު، ނޯޓް 8އާ އެކު ވެސް ފޯނު ކަވަރެއް ލިބޭނެ ކަމަށް ބުނެވެ އެވެ. ސަމްސަންގް އިން 10 މިލިއަން ކަވަރަށް އޯޑަރު ދީފައި ވާ ކަމަށް ވެސް ބުނެވެ.
ނޯޓް 8 ކަހަލަ މަޝްހޫރު ފޯނެއް މާކެޓްކުރާއިރު، ޕްރޮމޯޝަނެއް ގޮތުގައި ބެހުމަށް ނަމަވެސް 10 މިލިއަން ކަވަރަކީ އެކައްޗަކަށް ވެސް ނުވާނެ އެވެ. ނޯޓް 8 ގަންނާނެ ކަމަށް ބެލެވޭ މީހުން އެ އަދަދު ބޮޑު ތަފާތަކުން ފަހަނައަޅައި ދާނެ އެވެ. އެހެންކަމުން، ބެލެވެނީ ހަދިޔާ ބެހުމަކީ ވަކި ގައުމުތަކެއްގައި ކުރާނެ ކަމެއް ކަމަށެވެ.
ސެމްސަންގް ގެލަކްސީ ނޯޓް 8އާ އެކު ބަހާ ކަވަރުގެ އަގު ކަމަށް ބުނެވެނީ 17 ޑޮލަރާއި 27 ޑޮލަރާ ދެމެދުގެ އަގެކެވެ. މިއީ ވަކިން ގަންނަ ނަމަ ކަވަރެއް ލިބޭ އަގެވެ. ކަވަރުގެ ފެންވަރު އެ ވަނީ ޝައްކުނުކުރެވޭ ވަަރަށް މަތީގަ އެވެ.
ގެލަކްސީ ނޯޓް 8 ވާނީ އެ މަރުކާގެ ދަށުން ނެރޭ އެންމެ ބިޔަ ފޯނަށެވެ. ސްކްރީން ސައިޒަކީ 6.3 އިންޗި އެވެ. ކެމެރާ 12 މެގަޕިކްސެލް، ރޭމް 6ޖީބީ އަދި 3300އެމްއޭއެޗް ބެޓެރީއެކެވެ. ނޯޓް 8ގެ ފަހަތުގައި ގޮރިއްލާ ގްލާސް 5 އެވެ.