10 އޯގަސްޓް 2017 - 07:02

އައިފޯން 8 ގައި ބޭނުންކުރާނީ ސްމާޓް ކެމެރާއެއް ކަމަށާއި އެ ކެމެރާގެ ލެންސަށް ފެންނަ އެއްޗެހި ދެނެގަތުމުގެ ގާބިލްކަން ލިބިފައިިވާ ކަމަށް، ލީކުވި ކޯޑުތަކަކުން ހާމަވެއްޖެ އެވެ.
އެޕަލް އަށް އޮޅުމަކުން އަޕްލޯޑްކުރެވުނު ކޯޑަކުން ހާމަވި ގޮތުގައި ފޯނުގެ ކެމެރާގެ ލެންސަށް ފެންނަ ހިސާބުގައި ހުރީ ކޮން އެއްޗިއްސެއްކަން ދެނަގަނެ، އެ ތަކެއްޗަށް އެކަށީގެންވާ ގޮތަށް ފޯނުގެ ކެމެރާ އޮޓޮމެޓިކުން ސެޓްކޮށްދޭނެ އެވެ.
މި ކޯޑުގައި ފަޔަވާކްސް، ފޮލިއޭޖް، ޕެޓް، ބްރައިޓްސްޓޭޖް، ސްޕޯޓް، ސްކައި، ސްނޯ، ސަންސެޓް އަދި ސަންރައިޒް ހިމެނެ އެވެ. ގަބޫލުކުރެވޭ ގޮތުގައި މި ކޯޑަކީ ސްމާޓް ކެމެރާއަށް ބޭނުންވާ ކޯޑެކެވެ. މި ކޯޑުގައި ބުނާ އެއްޗެހި ކެމެރާގެ ލެންސުން ފެނުމުން، ކެމެރާގެ އެކްސްޕޯޝާ އާއި ޝަޓަ ސްޕީޑް އޮޓޮމެޓިކުން ސެޓްކޮށްދޭނެ އެވެ.
އެޕަލްގެ ޑިވައިސްތަކުގައި މިހާރުވެސް، އޭގައި ހުންނަ ފޮޓޯތަކުން ފެންނަ އެއްޗެހި ދެނަގަނެ، ފޮޓޯ ސާޗްކުރެވެ އެވެ.
ސްމާޓް ކެމެރާ ފީޗާ ދޭނީ ފުރަތަނަ ދޭނީ އަލަށް ރިލީޒްކުރާ އައިއޯއެސް 11 ގައި ކަމެއް ނުވަތަ އައިފޯން 8 ގައި ކަމެއް ނޭނގެ އެވެ. އާ ފޯނު އަންނަ މަހު ތައާރަފްކުރާނެ އެވެ.
އައިފޯން 8 ގައި ހިމެނޭނެ ކަމަށް ބެލެވޭ އެކި ފީޗާތަކުގެ ވާހަކަ މިހާރު ވަރަށް ގަދަޔަށް އަންނަނީ ދެކެވެމުންނެވެ. ބެލެވޭ ގޮތުގައި، މި ފޯނު ވާނީ މިހާތަނަށް އެޕަލް އިން އުފައްދާ އެންމެ އަގުބޮޑު ފޯނަށެވެ.