ރިލްވާނަށް ވީ ގޮތް ފުލުހުންނަށް ނޭނގެއޭ ބުނުން ގަބޫލެއް ނުކުރެވޭ: ހިސާން
ރިލްވާނަށް ވީ ގޮތް ފުލުހުންނަށް ނޭނގެއޭ ބުނުން ގަބޫލެއް ނުކުރެވޭ: ހިސާން

ވަގަށް ނަގާފައިވާ އަހުމަދު ރިލްވާނަށް ވީ ގޮތް ފުލުހުންނަށް ނޭނގެއޭ ބުނުމަކީ ގަބޫލުކުރެއްވޭ ކަމެއް ނޫން ކަމަށް، ގާނޫނީ ވަކީލު ހިސާން ހުސެން ރޭ ވިދާޅުވެއްޖެ އެވެ.

ރިލްވާނަށް ވީ ގޮތް ފުލުހުންނަށް ނޭނގެއޭ ބުނުން ގަބޫލެއް ނުކުރެވޭ: ހިސާން
ރިލްވާނަށް ވީ ގޮތް ފުލުހުންނަށް ނޭނގެއޭ ބުނުން ގަބޫލެއް ނުކުރެވޭ: ހިސާން

ރިލްވާން ވަގަށް ނެގިތާ ތިން އަހަރު ފުރުމުގެ ހަނދާނުގައި ސޯލްޓް ކެފޭގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ އާންމުކޮށް ބުނެފި ނަމަ ތަހުގީގަށް ހުރަަސް އެޅިދާނެތީ ރިލްވާންގެ މައްސަލައިގެ މައުލޫމާތު ހަމައެކަނި އޭނާގެ މަންމަ އާއި ބައްޕައަށް ކިޔައިދޭން އެދިވަޑައިގެންނެވި ކަމަށެވެ.

ރިލްވާނަށް ވީ ގޮތް ފުލުހުންނަށް ނޭނގެއޭ ބުނުން ގަބޫލެއް ނުކުރެވޭ: ހިސާން
ރިލްވާނަށް ވީ ގޮތް ފުލުހުންނަށް ނޭނގެއޭ ބުނުން ގަބޫލެއް ނުކުރެވޭ: ހިސާން

އެކަމަކު ބަންޑާރަ ނައިބުގެ ފަރާތުން ދިން ޖަވާބަކީ "ރިލްވާނަށް ވީ ގޮތް އަދިވެސް ފުލުހުންނަށް ނުހޯދޭ" ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިއީ ތެދެއް ކަމަކަށް. ފުލުހުންނަކަށް ނޭނގެއޭ ބުނުން އެއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން،" އެ މައްސަލައިގައި ރިލްވާންގެ އާއިލާގެ ފަރާތުން ވަކާލާތުކުރައްވާ ހިސާން ވިދާޅުވި އެވެ.

ރިލްވާންގެ އާއިލާގެ ފަރާތުން މިހާރު ވަނީ ތަހުގީގުގެ މައުލޫމާތު އާއިލާ އަަށް ފޯރުކޮށްދޭން ފުލުހުންގެ މައްޗަށް އަމުރުކޮށްދޭން ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

ހިސާން ވިދާޅުވީ ރިލްވާންގެ އާއިލާއިން މައްސަލަ ކޯޓަށް ހުށަހެޅީ އޭނާ ވަގަށް ނެގީ ކޮން ބަޔަކު، ކީއް ކުރަންތޯ ބަލަން ނޫން ކަމަށެވެ. އަދި ފުލުހުން ނުވަތަ ސަރުކާރުގެ އިހުމާލެއް އޮތްތޯ އާއި އެކަން ސާބިތު ކުރަން ވެސް ނޫން ކަމަށާއި އެކަމަކުު ސިއްރު މައުލޫމާތެއްގެ ގޮތުގައި ނަމަވެސް، އޭނާއަށް ވީ ގޮތް އާއިލާއަށް ކިޔައިދިނުމުގެ މަގުސަދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި މި މައްސަލައިގައި އެންމެ ބޮޑު މަސްލަހަތެއް އޮތީ ވެސް ރިލްވާންގެ އާއިލާއަށެވެ. އޭނާ އަށް ވީ ގޮތް އާއްމުކޮށް ބުނެފި ނަމަ، ތަހުގީގަށް ހުރަސް އެޅިދާނެތީ، ހަމައެކަނި އޭނާގެ މަންމަ އާއި ބައްޕައަށް އެ މައުލޫމާތު ދޭން ކޯޓުގައި އެދުނީ ވެސް އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ރިލްވާން ގެއްލުނުތާ އެތައް ދުވަހެއް ވީއިރު، އެ މައްސަލައިގެ ބާވަތް ބަދަލުވަމުން އައިސްފައިވާ ކަމަށެވެ. އެގޮތުން ގެއްލިފައިވާ މީހެއްގެ ގޮތުގައި އެންމެ ފުރަތަމަ ފުލުހުން މައްސަލަ ބަލާފައިވާއިރު އަހަރެއް ފަހުން، ރަހީނުކޮށްފައިވާ މީހެއްގެ ގޮތަށް މައްސަލަ ބަލަމުން އައިސް، މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަހުމަދު އަޒްލީން އެ މައްސަލަ ސިފަކުރެއްވީ "ރިލްވާންގެ މަރުގެ މައްސަލަ"ގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ މައްސަލައިގެ ބާވަތް މިހެން ބަދަލުވަމުން ދާއިރު އާއިލާއަށް އޭގެ މައުލޫމާތު ނުވަތަ ހަގީގަތް އެނގުމަކީ އެ މީހުންނަށް ލިބިފައިވާ ހައްގެއް ކަމަށެވެ.

ރިލްވާންއާ ދުވަހަކު ވެސް އޭނާ ބައްދަލުނުވާ ކަމާއި އެނގެނީ ހަމައެކަނި ޓްވިޓާއިންކަން ފާހަގަކުރައްވައި ހިސާން ވިދާޅުވީ އޭނާއަކީ މީހުން ޖެހިލުންވާ އަދި ދައްކަން ނުކެރޭ ވާހަކަތައް އާއްމުންގެ ސަމާލުކަމަށް ގެނައި މީހެއް ކަމަށެވެ. އެހެންވެ، އެއްވެސް މުއައްސަސާއަކުން އޭނާއާ މެދު ތަފާތުކޮށް ދެކެވިގެން ވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރިލްވާންގެ ހަނދާނުގައި ބޭއްވި ބައްދަލުވުމުގައި އޭނާގެ ބައެއް އެކުވެރިންނާއި އާއިލާގެ މީހުން ވެސް ބައިވެރިވެ، އެ މީހުންގެ އިހުސާސްތައް ހިއްސާކުރި އެވެ.