ވެރިކަމުގެ 200 ދުވަސް: ނޫސް ކޮންފަރެންސް ބޭއްވުމުގައި ވެސް ޓްރަމްޕަށް ރެކޯޑެއް
ވެރިކަމުގެ 200 ދުވަސް: ނޫސް ކޮންފަރެންސް ބޭއްވުމުގައި ވެސް ޓްރަމްޕަށް ރެކޯޑެއް

ވޮޝިންޓަން (އޮގަސްޓް 8) - އެމެރިކާގެ ރައީސް ކަމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވެވަޑައިގެންނެވިތާ 200 ދުވަސްވީއިރު، ރައީސް އެކަނި، ނޫސް ކޮންފަރެންސް ދެއްވުމުގައި ވެސް ރެކޯޑެއް ގާއިމް ކުރައްވައިފި އެވެ.

ޓްރަމްޕް ވަނީ 64 އަހަރު ތެރޭ، ވެރިކަމުގެ 200 ދުވަސްތެރޭ، އެންމެ މަދުން ޕްރެސް ކޮންފަރެންސް ދެއްވި ރައީސްގެ ރެކޯޑް ހައްދަވައިފަ އެވެ. ޑްވައިޓް އައިޒަންހާވަ އަށް ފަހު އެންމެ މަދުން ޕްރެސް ކޮންފަރެންސް ދެއްވާފައި ވަނީ ޓްރަމްޕެވެ. ވެރިކަމުގެ ފުރަތަމަ 200 ދުވަހު ޓްރަމްޕް އެކަނި ނޫސް ކޮންފަރެންސެއް ދެއްވާފައި ވަނީ ފެބްރުއަރީ 16 ވަނަ ދުވަހު އެވެ. ދެން ޕްރެސް ކޮންފަރެންސް ދެއްވާފައި ވަނީ އެހެން ކޮންމެވެސް ބޭފުޅަކާ އެކު އެވެ.

ބައެއް ރައީސުން ވަނީ ތަންކޮޅެއް ގިނައިން ނޫސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. ވެރިކަމުގެ ފުރަތަމަ 200 ދުވަހު ރައީސް ލިންޑަން ޖޯންސަން ވަނީ 19 ފަހަރު ނޫސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި ޖޯޖް ބުޝް ވަނީ 18 ނޫސް ކޮންފަރެންސް ދެއްވައިފަ އެވެ.

ޑޮނަލްޑް ޓްރަމްޕް: 1

ބަރަކް އޮބާމާ: 9

ޖޯޖް ޑަބްލިއު. ބުޝް: 3

ބިލް ކްލިންޓަން: 8

ޖޯޖް ބުޝް: 18

ރޮނަލްޑް ރޭގަން: 3

ޖިމީ ކާޓާ: 13

ޖެރަލްޑް ފޯޑް: 8

ރިޗަޑް ނިކްސަން: 19

ޖޯން އެފް. ކެނެޑީ: 14

އައިޒަންހާވާ: 14