08 އޯގަސްޓް 2017 - 14:32

ހާޑްވެއާގެ ވިޔަފާރީގައި އެންމެ ކުރީ ސަފުގައި ހިމެނޭ އޭސް ހާޑްވެއާއަކީ އަބަދުވެސް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތަކެއް ހިންގާ ފިހާރައެކެވެ. އާއްމުކޮށް ކޮންމެ މަހަކު ވެސް ޕްރޮމޯޝަނެއް އެ ފިހާރައިން ކުރިޔަށް ގެންދެ އެވެ. އެ ޕްރޮމޯޝަންތަކަށް ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބެ އެވެ.
ކުރީގެ ޕްރޮމޯޝަންތަކާ މިފަހަރު ވަރަށް ތަފާތެވެ. މި މަހުގެ ޕްރޮމޯޝަން ހާއްސަކޮށްފައި ވަނީ އެކި މަސައްކަތްކުރަން ބޭނުންކުރާ ކަރަންޓު އާލަތްތަކަށެވެ. އެ ފިހާރައިން ވިއްކާ ޕަވަ ޓޫލްސް އަދި ހޭންޑް ޓޫލްސްތަކަކީ ނަން މަޝްޙޫރު އަދި އާއްމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ތަކެއްޗެވެ. އެކި އަގުތަކުގައި ވިއްކާ ޓޫލްސްތަކަކީ ގިނަ ދުވަހު ބޭނުންކުރެވޭ ކޮލިޓީ ވަރަށް ރަނގަޅު ޓޫލްސްތަކެއް ކަން ފާހަގަކުރެވެ އެވެ.
އެ ފިހާރައިން ވިއްކާ ޓޫލްސް ބްރޭންޑްތަކުގެ ތެރޭގައި އެމެރިކާގެ އެންމެ ގިނަދުވަސްވީ އަދި އެންމެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ މިލްވައުކީ އާއި އޭސް އާއި ކްރާފްޓްސްމަން އާއި ސްޓޭންލީ އަދި ޖަރުމަނުގެ ޢެންމެ ނަން މަޝްހޫރު ޓޫލްސް ބްރޭންޑް ކަމަށްވާ އޭއީޖީ ހިމެނެ އެވެ. މީގެ އިތުރުން އެހެން ވަރަށް ގިނަ ބްރޭންޑްތަކުގެ ޓޫލްސްތައް ވެސް އޭސް ހާޑްވެއާއިން މިމަހު ލިބެން ހުންނާނެ އެވެ.
އޭސް ހާޑްވެއާއިން ވަނީ އެ ޕްރޮމޯޝަންގެ އިތުރުން ފޭސްބުކްގައި ލައިކް އަދި ކޮމެންޓް ޕްރޮމޯޝަންއެއް މިމަހުގެ މެދުތެރޭގައި ބާއްވަން ހަމަޖައްސައިފަ އެވެ. އެ ޕްރޮމޯޝަންގައި ބައިވެރިވެ ގުރުއަތުން ހޮވޭ މީހަކަށް އޭސް ބްރޭންޑްގެ ކޯޑްލެސް 12 ވޯލްޓްގެ ޑްރިލްއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ރޯޑް ޝޯއެއް ވެސް މިމަހު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
"މި ރޯޑް ޝޯގައި ތަފާތު ކުޅިވަރުތައް ބާއްވައި އޭސް ހާޑވެއާއިން ލިބެން ހުންނަ ޓޫލްސްތައް ބޭނުންކުރުމުގެ ފުރުސަތު ވެސް ލިބޭނެ. މި ރޯޑް ޝޯގައި ވެސް ހަދިޔާ ތަކެއް ބައިވެރިވާ އެންމެ ހުނަރުވެރި ފަރާތްތަކަށް ލިބިގެންދާނެ،" އެ ފިހާރައިން ބުންޏެވެ.
އޭސް ހާޑްވެއާގައި އިން ވިއްކާ ގިނަ އަދަދެއްގެ ޓޫލްސްތަކުން 50 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ވެސް ލިބޭނެ އެވެ. އަދި މާލޭގެ އެހެން އެއްވެސް ތަނަކުން ނުލިބޭނެ ތަފާތު ބާވަތްތަކުގެ ޓޫލްސްތައް ވަރަށް ހެޔޮއަގުގައި މިމަހު ލިބެން ހުންނާނެ އެވެ.
"މިއީ އަބަދުވެސް ވަރަށް ގިނަ މީހުނަށް ކަމުދާ ޕްރޮމޯޝަނެއް. މި ޕްރޮމޯޝަނަށް ކުރިންވެސް ވަރަށް ބޮޑު މަގުބޫލްކަމެއް ލިބުނު. މިއީ އެއްވެސް ގޮތަކަށް ދޫކޮށްލައިގެންވާނެ ފުރުސަތެއް ނޫން،" އެ ފިހާރައިން ބުންޏެވެ.