08 އޯގަސްޓް 2017 - 14:33

ސީސީ ޓީވީ އާއި ޑޯލޮކް ސިސްޓަމާއި އެޓެންޑެންސް ސިސްޓަމާއި ވައިފައި އަދި ނެޓްވޯކް ފަދަ ތަކެތި އެގްރިމަންޓް އުސޫލުން ބަލަހައްޓައި ދިނުމަށް ޕެކޭޖްތަކެއް ލިންކްސާވް އިން ތައާރަފް ކޮށްފި އެވެ.
އެ ކުންފުނިން ބުނީ މީގެ ކުރިން ވެސް އެފަދަ ކަންކަމުގައި މައްސަލަ ދިމާވުމުން އެތަނަކަށް ގޮސް އެ މައްސަލައެއް ހައްލުކޮށްދިނުމުގެ ހިދުމަތް ދޭ ކަމަށެވެ.
"ނަމަވެސް ކުރިން އެ މަސައްކަތެއް ނިމުމުން ވަގުތުން ފައިސާ އަދާކުރަން ޖެހޭ. އަދި ކަމެއް ދިމާވެގެން ގުޅުމުން ފިޔަވައި އެފަދަ ތަކެތި ބަލަހައްޓައި ދިނުމުގެ ހިދުމަތާއި ވޮރަންޓީ ޕީރިއަޑްގައި ނޫނީ ދެމުން އައިސްފައެއް ނުވޭ،" ލިންކް ސާވްއިން ބުންޏެވެ.
އެ ކުންފުނިން ބުނީ މިހާރު ގެނައި ބަދަލާއި އެކު ބްރޮންޒް، ސިލްވަ ނުވަތަ ގޯލްޑް ޕެކޭޖެއް ނެގުމުން އެއްބަސްވެފައިވާ މުއްދަތުގައި ވެރިފަރާތުން ނުގުޅި ނަމަވެސް ލިންކްސާވްއިން ހިދުމަތް ދޭނެ ކަމަށެވެ. އަދި މައްސަލައެއް ދިމާނުވި ނަމަވެސް ޕެކޭޖުގެ ދަށުން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އެތަނަކަށް ގޮސް އެތަކެތި ބަރާބަރަށް މަސައްކަތް ކުރޭތޯ ބަލައި ދޭން ޖެހޭ ލަފާދީ މައްސަލައެއް އުޅޭ ނަމަ އެކަމެއް ހައްލުކޮށް މަރާމާތު ކޮށްދޭނެ ކަމަށް ލިންކް ސާވް އިން ބުންޏެވެ.
"ޕެކޭޖުތައް ތައްޔާރުކޮށްފައި ވަނީ އެކި ފަންތި ތަކުގެ އެކި ތަންތަނަށް ހާއްސަކޮށްގެން. އެގޮތުން ބްރޮންޒް ޕެކޭޖަކީ ގެތަކާއި ކަންމަތީ ފިހާރަތައްފަދަ ކުދި ތަންތަނަށް ލާހިކު އަގުގައި މި ހިދުމަތް ފޯރުކޮށްދޭ ޕެކޭޖް. އެކި ޕެކޭޖު ތަކުގައި ލިބޭ ހިދުމަތާއި އަގުތައް ތަފާތުވާނެ،" އެ ކުންފުނިން ބުންޏެވެ.
ލިންކް ސާވް އިން ބުނީ އެ ޕެކޭޖުތަކުގެ ދަށުން ރަޖިސްޓްރީކުރުމުން ފީ ދައްކަން ޖެހޭނީ ކަނޑައެޅިފައިވާ މުއްދަތުގައި މަހުން މަހަށް ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތާއި އެހީތެރިކަން ލިންކްސާވްގެ ނަމްބަރު 3344555 އަށް ގުޅާލުމުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.