"ވީރޭ ދީ ވެޑިން" އަށް ސްވަރާ ބާސްކަރް 10 ކިލޯ ލުއިކޮށްފި
"ވީރޭ ދީ ވެޑިން" އަށް ސްވަރާ ބާސްކަރް 10 ކިލޯ ލުއިކޮށްފި

ޒަމާނީ އަންހެނުންތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމް "ވީރޭ ދީ ވެޑިން" ގެ ވާހަކަ ދެކެވޭތާ މިހާރު ވަރަށް ދުވަސްވެއްޖެ އެވެ. އެކަމަކު ފިލްމްގެ ޝޫޓިން އަދިވެސް ފެށޭ ގޮތެއް ނުވެ އެވެ. މި ފިލްމް ލަސްކޮށްލަން ޖެހުނު މައިގަނޑު ސަބަބަކީ ފިލްމުގެ އެއް ބަތަލާ ކަރީނާ ކަޕޫރް މިދިޔަ އަހަރު ބަލިވެ އިނުމެވެ.

"ވީރޭ ދީ ވެޑިން" އަށް ސްވަރާ ބާސްކަރް 10 ކިލޯ ލުއިކޮށްފި
"ވީރޭ ދީ ވެޑިން" އަށް ސްވަރާ ބާސްކަރް 10 ކިލޯ ލުއިކޮށްފި

އެހެންވެ އޭނާ ވިހައި ގަދަވަދަންދެން ފިލްމުގެ ޝޫޓިން ފަސްކޮށްލީ އެވެ. ދަރިފުޅަށް އަހަރު ވާން ކައިރިވަމުން އަންނަ އިރު "ވީރޭ ދީ ވެޑިން" ގެ ޝޫޓިން އަދިވެސް ފެށޭ ގޮތެއް ނުވެ އެވެ.

ބަލިވެ އިނުމާ އެކު ހަށިގަނޑުގައި ޖެހި މަސްތައް ވިރުވާލަން ކަރީނާ ވަރަށް ބުރަކޮށް މަސައްކަތްކޮށް، މިހާރު ނަތީޖާ ވެސް ނެރެފި އެވެ.

ދެން އޮތީ މި ފިލްމުގެ އެހެން ބަތަލާއެއްގެ ވާހަކަ އެވެ. އެއީ "ޕްރޭމް ރަތަން ދަން ޕާޔޯ" އާއި "ރާންޖަނާ" ފަދަ ފިލްމްތަކުގައި ސަޕޯޓިން ރޯލްތައް ކުޅެފައިވާ ސްވަރާ ބާސްކަރް، 29، އެވެ. "ވީރޭ ދީ ވެޑިން" އަށް އޭނާ ވެސް ހިކެން އޮތީ އިރުޝާދު ދީފަ އެވެ. ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން ސްވަރާ މިހާރު ވަނީ ބަރުދަނުން 10 ކިލޯ ލުއިކޮށް، ހަށިގަނޑު ވަރަށް ރީތިކޮށް ޓޯންކޮށްލައިފަ އެވެ.

އެހެންވެ އެ ބަދަލު ގައިމު ވެސް ފިލްމުން ފެންނާނެ އެވެ. ފިލްމުގެ ބަތަލާ އިން ހަށިގަނޑު ރީތި ކުރުމުގެ މަސައްކަތް ގާތްގަނޑަކަށް މިހާރު ނިމުމަކަށް އައިސްފައިވާތީ، ދެން މާ ލަހެއް ނުވެ "ވީރޭ ދީ ވެޑިން" ގެ ޝޫޓިން ފެށޭނެ ކަމަށް ބެލެވެ އެވެ.

އެ ފިލްމުގެ މައިގަނޑު އަނެއް ބަތަލާ ސޯނަމް ކަޕޫރް ހުރީ ކޮންމެ ވަގުތެއްގައި ވެސް ފިލްމުގެ މަސައްކަތް ފަށަން ތައްޔާރަށެވެ.

"ވީރޭ ދީ ވެޑިން" އަކީ ސޯނަމްގެ ކޮއްކޮ ރިއާ ކަޕޫރާއި އެކްތާ ކަޕޫރް ގުޅިގެން ޕްރޮޑިއުސް ކުރާ ފިލްމެކެވެ. ފިލްމްގެ ޑައިރެކްޓަރަކީ ސޯނަމް އާއި ފަވާދް ހާން ލީދް ރޯލް ކުޅެ، 2014 ގައި ރިލީޒް ކުރި "ހޫބްސޫރަތު" ގެ ޑައިރެކްޓަރު ޝަޝަންކާ ގޯޝް އެވެ.

ބެލެވޭ ގޮތުން "ވީރޭ ދީ ވެޑިން" އަންނަ އަހަރު ސިނަމާ އަށް އަންނާނެ އެވެ. މި ފިލްމްވެގެން ދާނީ ވިހެއުމަށް ފަހު، ކަރީނާ ބޮޑު ސްކްރީނުން ފެންނަ ފުރަތަމަ ފިލްމަށެވެ.

"ވީރޭ ދީ ވެޑިން" ގައި ކަރީނާއާ އެކު ބަތަލެއްގެ ގޮތުން ފެންނާނީ ބައެއް ޓީވީ ޝޯތަކުން ފެންނަ ސުމީތު ވިއާސް އެވެ.