ދިވެހި ހައްޖުވެރިން ފުރަން ފަށައިފި
ދިވެހި ހައްޖުވެރިން ފުރަން ފަށައިފި

މި އަހަރު ރާއްޖޭން ހައްޖަށް ދާ ފުރަތަމަ ގުރޫޕް، މިއަދު ފުރައިފި އެވެ.

ދިވެހި ހައްޖުވެރިން ފުރަން ފަށައިފި
ދިވެހި ހައްޖުވެރިން ފުރަން ފަށައިފި

މި އަހަރު ރާއްޖޭން 1،000 މީހުން ހައްޖަށް ދާއިރު، ސްރީ ލަންކަން އެއާލައިންސް އިން މިއަދު ހެނދުނު ފުރީ ޒައީ ގުރޫޕުގެ ހަވާލުގައި ހައްޖަށް ދާ 96 މީހުންނެވެ.

އެ ގުރޫޕުގެ އިތުރުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައި ވަނީ ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން އަދި ސިސިލްފަރު ހައްޖު ގުރޫޕަށެވެ.

ހައްޖު ކޯޕަރޭޝަނުން 693 މީހުން ގެންދާއިރު، ސިސިލްފަރު ގުރޫޕުން 96 އަދި އަލްހަރަމައިން އިން 98 މީހަކު ހައްޖަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ހައްޖަށް ދާ އެންމެ ފަހު ގުރޫޕު ސައުދީ އަރަބިއްޔާއަށް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު ރާއްޖޭން ހައްޖަށް ދާ ހުރިހާ އެންމެންނަށް ވެސް، މިނާ އާއި އަރަފާތުގައި އެއް ސަރަހައްދެއްގައި ތިބެވޭނެ އެވެ.