މެކްގްރެގާގެ "އެެމެރިކަން ޕެސްޓޯރަލް" ގެ ޓްރެއިލާ
މެކްގްރެގާގެ "އެެމެރިކަން ޕެސްޓޯރަލް" ގެ ޓްރެއިލާ

އިވާން މެކްގްރެގާއަކީ "ސްޓާ ވޯސް" ފިލްމްތަކުގެ އެންމެ އާންމު އެއް މޫނެވެ. އޭގެ އިތުރުން ވެސް އޭނާ އަކީ މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި މޫލިން ރޫޖް (2001) އަދި ދަ އިމްޕޮސިބަލް (2012) ފާހަގަކޮށްލެވެ އެވެ.

"ސްޓާ ވޯސް" ގެ ފިލްމުތަކަށް ލޯބިކުރާ ދިވެހިންނަށް އޭގެ ކުރިއަށް އޮތް ފިލްމް "ސްޓާ ވޯސް: ފޯސް އެވޭކަންސް" ވަރަށް ހާއްސަ އެވެ. ލ. އަތޮޅުގައި ވެސް ބައެއް މަންޒަރުތައް ނަގާފައިވާ އެ ފިލްމުން މެކްގްރެގާ ފެނިގެން ނުދިޔަ ނަމަވެސް މާޔޫސްވާނެ ކަމެއް ނެތެވެ.

އޭނާގެ އެހެން ފިލްމެއް ސިނަމާ އަށް އަންނަން އޮތީ ތައްޔާރަށެވެ. އެވެ. އެއީ "އެމެރިކަން ޕެސްޓޯރަލް" އެވެ. މެކްގްރާގެ ފޭނުންނަށް މި ފިލްމް ވަކިން ހާއްސަ އެވެ.

ސަބަބަކީ މިއީ އޭނާގެ ފުރަތަމަ ޑައިރެކްޝަނަށްވުމެވެ. މި ކްރައިމް ޑްރާމާ ސިނަމާތަކަށް އަންނާނީ އަންނަ އޮކްޓޯބަރު މަހުގެ 21ގަ އެވެ. މިއީ "އެމެރިކަން ޕެސްޓޯރަލް" ގެ ނަމުގައި 1997 ގައި ފިލިޕް ރޮތު ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

ފިލްމުގައި ދައްކުވައި ދޭނީ އެމެރިކާގެ ނުފޫޒު ގަދަ ވިޔަފާވެރިއެއްގެ ދަރިއަކު ހަނގުރާމައެއްގެ ތެރޭގައި ތާށިވުމުން އޭނާ ހޯދަން ކުރާ މަސައްކަތެވެ.

"އެމެރިކަން ޕެސްޓޯރަލް" ގެ ފުރަތަމަ ޓްރެއިލާ ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ. މެކްގެރްކާ، 45، އެކްޓްކޮށް، ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޓްރެއިލާ ބެލި މީހުން މިހާރު ވެސް އަންނަނީ އޭނާގެ ހުނަރަށް ތައުރީފު ކުރަމުންނެވެ.

ކޮށްފައި ހުރި މަސައްކަތްތައް އެއްކޮށް ވަޒަންކޮށްލެވޭނީ ފިލްމް ރިލީޒްވުމުންނެވެ. އެހެންވެ މި ވަގުތަށް ޓްރެއިލާ އިން ހިތްހަމަޖައްސާލާނީ އެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖެނިފާ ކޮނަލީ، ޑަކޯޓާ ފެނިން އަދި ރުބަޓް އީވަންސް ފަދަ ތަރިން ފާހަގަކޮށްލެވެ އެވެ.