ވަޒީފާއަށް ކުރިމަތިލި ނުވަ އަހަރުގެ ކުއްޖަކަށް ނާސާ އިން އުއްމީދީ ޖަވާބެއް
ވަޒީފާއަށް ކުރިމަތިލި ނުވަ އަހަރުގެ ކުއްޖަކަށް ނާސާ އިން އުއްމީދީ ޖަވާބެއް

އޭލިއަނުންގެ ފަރާތުން ކުރިމަތިވެދާނެ ކަމަކުން ދުނިޔެ ހިމާޔަތްކުރަން އަދި އިންސާނުންގެ ފަރާތުން ލިބިދާނެ ގެއްލުމަކުން އޭލިއަނުން ރައްކާތެރިކުރަން ނާސާ އަށް މީހަކު ބޭނުންވެ އެވެ.

ވަޒީފާއަށް ކުރިމަތިލި ނުވަ އަހަރުގެ ކުއްޖަކަށް ނާސާ އިން އުއްމީދީ ޖަވާބެއް
ވަޒީފާއަށް ކުރިމަތިލި ނުވަ އަހަރުގެ ކުއްޖަކަށް ނާސާ އިން އުއްމީދީ ޖަވާބެއް

ޕްލެނެޓަރީ ޕްރޮޓެކްޝަން އޮފިސަރުގެ ވަޒީފާ އަށް ކުރިމަތިލާން ބޭނުންވާ މީހުންގެ ހުށަހެޅުންތައް އެ އިދާރާ އިން މިހާރު އަންނަނީ ބަލައިގަންނަމުންނެވެ. މުހިއްމު އަދި ޝަރަފްވެރި އެ މަގާމްގެ މަސްއޫލިއްޔަތަކީ އިންސާނުންނާއި އޭލިއަނުން އެއް ބަޔަކު އަނެއް ބައެއްގެ ކިބައިން ސަލާމަތްކުރުމެވެ. މުސާރައިގެ ގޮތުގައި އަހަރަކު 124،406 ޑޮލަރާއި 187،000 ޑޮލަރާ ދެމެދުގެ އަދަދެއް ލިބޭނެ އެވެ.

އެކަމަކު ނުވަ އަހަރު ޖެކް ޑޭވިސް އެ ވަޒީފާ އަށް ކުރިމަތިލި ސަބަބަކީ އެ މުސާރައެއް ނޫނެވެ. ޖެކް ގަބޫލުކުރާ ގޮތުގައި އޭނާއަކީ މާވެލްގެ ސުޕަހީރޯތަކުގެ ތެރޭގައި ހިމެނޭ "ގާޑިއަން އޮފް ދަ ގެލެކްސީ" އެކެވެ.

އުމުރުން ކިތަންމެ ހަގަސް، ޖެކް ވަނީ ނާސާގެ ވަޒީފާ އަށް އޭނާ ނަގަން ޖެހޭ ވަރަށް ރަނގަޅު ސަބަބުތަކެއް ސިޓީގައި ބަޔާންކޮށްފަ އެވެ. އޭގެ ތެރޭގައި ޖައްވީ އަދި އޭލިއަނުންނާ ބެހޭ އެތައް ފިލްމެއް އޭނާ ބަލާފައި ވުން ހިމެނެ އެވެ. އެކަމަކު އެއަށް ވުރެ ވެސް ބޮޑު ސަބަބަކީ އޭނާގެ އުމުރެވެ.

"އަހަރެން ހަގުވީމަ އޭލިއަނުން ވިސްނާ ގޮތަށް ވިސްނަން ދަސްކުރެވޭނެ،" ޖެކްގެ ސިޓީގައި ބުނެފައިވެ އެވެ.

އެ ސިޓީއާ ގުޅިގެން ނާސާގެ ޕްލެނެޓަރީ ރިސާޗު ޑިރެކްޓަރު ޖޮނަތަން ރޯލް ވަނީ ޖެކް އަށް ގުޅައިފަ އެވެ. އަދި ޕްލެނެޓަރީ ސާވިސް ޑިވިޝަންގެ ޑިރެކްޓަރު ޑރ. ޖޭމްސް އެލް. ގްރީން އޭނާ އަށް ސިޓީއެއް ފޮނުއްވި އެވެ. ގްރީން ވިދާޅުވިގޮތުގައި ހަގީގީ "ގާޑިއަން"އެއް ވަޒީފާ އަށް ކުރިމަތިލުމަކީ ވަރަށް ބޮޑު އުފަލެކެވެ. އަދި އެ މަގާމްގައި ހުންނަ މީހަކު ކުރަން ޖެހޭ ކަންކަން ކިޔައިދެއްވި އެވެ. އެކަމަކު ޖެކް އަށް ނޫނެކޭ ވިދާޅެއް ނުވެ އެވެ.

އޭގެ ބަދަލުގައި ގްރީން ވިދާޅުވީ ކުރިމަގުގައި ތޫނުފިލި ސައިންޓިސްޓުންނަށާއި އިންޖިނިއަރުންނަށް ވާނެ މީހުން ނާސާ އަށް އަބަދުވެސް ބޭނުންވާ ކަމަށާއި މޮޅަށް ކިޔަވައިގެން ވަރަށް އަވަހަށް ނާސާ އިން ޖެކް ފެންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.