26 ޖޫން 2016 - 21:38

ރާއްޖެ އިން އުމްރާ އަށް ދިޔަ ދިވެހި ފިރިހެނަކު ނަމާދުގައި އިންދައި މިއަދު މަރުވެއްޖެ އެވެ.
އަސްކޮއި ގްރޫޕުން ވާހަކަ ދެއްކެވި އޮފިޝަލަކު މިރޭ ވިދާޅުވީ އުމްރާގެ އަޅުކަން އަދާކޮށް ނިމުނު ފަހުން މަރުވީ މާލެ، ފެހިބިން، ހުސެއިން އިބްރާހިމް، 60، ކަމަށެވެ. އޭނާ މަރުވީ ހޮޓަލުގައި އަސުރު ނަމާދު ކުރަނިކޮށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ނަމާދު ކުރަން އިންދައި މަރުވެގެން ވެއްޓުނު ތަން ފެނުނީ. އޭރު އޭނާގެ އަންހެނުންނާއި ދަރިފުޅު ކައިރީގައި ތިބި،" މައްކާގައި ހުންނަވައި އަސްކޮއި ގްރޫޕުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުސެއިން އިބްރާހިމް މަރުވީ އުމްރާގެ އަޅުކަން ވެސް އަދާކޮށް ނިމުނު ފަހުންނެވެ. ހަސަންގެ ބަލި ހާލަތު ހުރި ގޮތުން އޭނާ ނަމާދުކުރީ ކޮޓަރީގެ އެނދުގައި އިނދެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ވީލްޗެއާގައި އިންނަނީ. ބައްޕަ އަސުރު ނަމާދުކުރީ އެނދުގައި އިށީނދެގެން އިނދެ ކަމަށް ދަރިފުޅު މައުލޫމާތު ދެނީ،" އޮފިޝަލް ވިދާޅުވި އެވެ.
ފަތިސް ނަމާދަށް ފަހު ހަސަންގެ ކަށުނަމާދު ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.