27 ޖޫން 2016 - 08:09

ސައިންސް ފިކްޝަން ފިލްމްތައް ހަދަން މަޝްހޫރު ޑައިރެކްޓަރު ރޮލަންޑް އެމެރިޗް އަނެއްކާވެސް ހަމަ އެ ޖޮންރާގެ ފިލްމެއް ހަދަން ނިންމައިފި އެވެ.
އޭނާގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ މި މަހުގެ 22 ވަނަ ދުވަހު ސިނަމާތަކަށް އައި "އިންޑިޕެންޑެންސް ޑޭ: ރިސާޖަންސް" އެވެ. މި ފިލްމަކީ އޭނާ 2006 ވަނަ އަހަރު ޑައިރެކްޓްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "އިންޑެޕެންޑެންސް ޑޭ" ގެ ސީކްއެލްއެކެވެ.
އެމެރިޗްގެ ކުރިއަށް އޮތް ފިލްމަކީ އޭނާ 2012 ވަނަ އަހަރު ލިއުނު ސްކްރިޕްޓް "މޫންފޯލް" އަށް ހަދާ ފިލްމެވެ.
ފިލްމުގެ ސްކްރިޕްޓް އެކުލަވާލުމުގައި "އިންޑިޕެންޑެންސް ޑޭ: ރިސާޖަންސް" ގެ ސްކްރިޕްޓްގެ ކޯ ރައިޓަރު ހެރަލްޑް ކްލޯސާ އާއި "އެކްސްޓިންކްޝަން" ގެ ރައިޓަރު ސްޕެންސާ ކޮހެން ހިއްސާވެފައިވެ އެވެ.
"މޫންފޯލް" ގެ ޑިސްޓްރިބިއުޝަން ރައިޓްސް ޔުނިވާސަލް ޕިކްޗާސް އިން މިހާރު ވަނީ ގަނެފަ އެވެ. މިއަށް ސޮނީން ވެސް ވާދަ ކުރި އެވެ.
އެސްޓްރޯނަޓެއްގެ ވާހަކަ ކިޔައިދޭ "މޫންފޯލް" ގެ ކާސްޓުންނާއި ރިލީޒް ކުރާނެ ތާރީއެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޖަރުމަނަށް އުފަން އެމެރިޗް، 60، ޑައިރެކްޓްކޮށްފައިވާ މަޝްހޫރު އިތުރު ފިލްމުތަކުގެ ތެރޭގައި ސްޓޯންވޯލް (2015)، ވައިޓް ހައުސް ޑައުން (2013) އަދި ދަ ޑޭ އަފްޓަ ޓްމޯރޯ (2004) ފާހަގަކޮށްލެވެ އެވެ.