27 ޖޫން 2016 - 08:06

"އަންޑަ ވޯލްޑް" އާއި "ޓްވައިލައިޓް" ފިލްމުތަކުން ފެނިފައިވާ އިނގިރޭސި އެކްޓަރު މައިކަލް ޝީން ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވެއްޖެ އެވެ.

އޭނާ ޑައިރެކްޓް ކުރަނީ ޖެފް ނިކްސެން ލިޔެފައިވާ ގްރެފިކް ނަވަލް "ގްރީން ރިވާ ކިލާ: އަ ޓްރޫ ޑިޓެކްޓިވް ސްޓޯރީ" އެވެ.
މައިކަލް، 47، ބުނީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު އެ ވާހަކަ ސްކްރީނަށް ގެންނަން ފުރުސަތު ލިބުމުން ވަރަށް އުފަލުން ހުރި ކަމަށެވެ.
"އަހަރެން ބަލާނަން ވާހަކައިގައި ގެނެސް ދެވިފައި ހުރި ވަރަށް އޭގެ ރަހަތައް ސްކްރީނަށް ގެނެވޭތޯ. މިއީ ޑާކް ކޮންޓެންޓެއް އެކުލެވޭ އެއްޗެއް،" ތިއޭޓަ އެކްޓަރެއްގެ ގޮތުގައި ބޮޑަށް މަޝްހޫރު މައިކަލް ބުންޏެވެ. "އެހެންވެ ވާހަކައިގައި ގެނެސް ދީފައިވާ ގޮތަށް އޭގެ ކެރެކްޓާތަކާއި މަންޒަރުތައް ގެނެސް ދޭން އަހަރެންގެ މެކްސިމަމް ދޭނަން. ބެލުންތެރިންނަށް ވާހަކައިގެ އިހުސާސް ސްކްރީނުން ގެނުވައި ދިނުމަކީ އެންމެ ބޮޑު އުންމީދަކީ."
ސިއްރުން ފުރިގެންވާ މަރުގެ ހާދިސާތަކެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ "ގްރީން ރިވާ ކިލާ: އަ ޓްރޫ ޑިޓެކްޓިވް ސްޓޯރީ" ވެގެން ދާނީ އޭނާގެ "ފްރޮސްޓް/ނިކްސަން" ގެ ބަތަލުގެ ފުރަތަމަ ޑައިރެކްޝަނަށެވެ. އަދި ފިލްމުގެ މުހިއްމު ރޯލެއް ވެސް އޭނާ ކުޅޭނެ އެވެ.
އެހެން ނަމަވެސް ޕްރި ޕްރޮޑަކްޝަން މަރުހަލާގައި އަދި އޮތް ފިލްމުގެ ޝޫޓިން ފަށާނެ އިރަކާއި ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
އަދި މައިކަލް އާ އެކު ފިލްމުގައި ދެން ހިމެނޭ ކާސްޓުންނަކީ ކޮބައި ކަމެއް ވެސް އަދި ނޭނގެ އެވެ.
މައިކަލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ސްކްރީނަށް އަންނާނީ ދަ ޕެސެންޖާ (ލަވް އިން ސްޕޭސް) އެވެ.
ޑިސެމްބަރު 21 ގައި ރިލީޒް ކުރާ އެ ފިލްމުގެ ތަރިންގެ ތެރޭގައި ޖެނިފާ ލޯރަންސާއި ކިއާނޫ ރީވްސް އަދި ކްރިސް ޕެޓް ހިމެނެ އެވެ.