ރައީސް ޕުޓިން ގަމީސްކޮޅު ބާލުއްވާ މަސްވެރިކަމަށް ނުކުންނަވައިފި
ރައީސް ޕުޓިން ގަމީސްކޮޅު ބާލުއްވާ މަސްވެރިކަމަށް ނުކުންނަވައިފި

މޮސްކޯ (އޮގަސްޓް 5) - ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ފަރާތްޕުޅުން މީގެ ކުރިން ވެސް ވަނީ ވަރަށް އާދަޔާޚިލާފު ކަންކަން ފެނިފަ އެވެ. ޕުޓިން މިފަހަރު ވަނީ ސައިބީރިއާގެ ފިނި ހިސާބުތަކަށް ތިން ދުވަހުގެ މަސްވެރިކަމުގެ ދަތުރެއްގައި ނުކުންނަވައި، ގަމީސްކޮޅު ވެސް ބާއްލުއްވާ މަސްވެރިކަން ކުރައްވަން ފައްޓަވައިފަ އެވެ.

ރައީސް ޕުޓިން ގަމީސްކޮޅު ބާލުއްވާ މަސްވެރިކަމަށް ނުކުންނަވައިފި
ރައީސް ޕުޓިން ގަމީސްކޮޅު ބާލުއްވާ މަސްވެރިކަމަށް ނުކުންނަވައިފި

އުމުރުފުޅުން 64 އަހަރުގެ ޕުޓިން ކުރައްވާ މިބާވަތުގެ ކަންކަމުގެ ސަބަބުން އެމަނިކުފާނުގެ މަގްބޫލްކަން އިތުރުވެ އެވެ. ގަމީސްކޮޅު ބާއްލުއްވާ މަސްވެރިކަމަށް ނުކުންނަވާފައި މިވަނީ ރަޝިޔާގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް އަށް މަސް ދުވަހަށްވެފައި ވަނިކޮށެވެ. ނަމަވެސް އަންނަ މާޗު މަހު ބާއްވާ އިންތިޚާބުގައި ވާދަކުރައްވާނެކަން ޕުޓިން އަދި އިއުލާން ކުރައްވައިފައެއް ނުވެ އެވެ. ތަޖްރިބާކާރުން ބުނާ ގޮތުގައި ޕުޓިން އިންތިޚާބުގައި ވާދަކުރައްވާ ފަސޭހަކަމާ އެކު ކާމިޔާބު ކުރައްވާނެ އެވެ.

ރައީސް ޕުޓިން މަސްވެރިކަމުގައި އަދި ސަން ބާތިންގައި އުޅުއްވާ ފޮޓޯތައް އާއްމުކޮށްފައި ވަނީ ކްރެމްލިން އިންނެވެ. ޕުޓިންއާ އެކު ޑިފެންސް މިނިސްޓަރު ސާގީ ސޮއިގޫ ވެސް މަސްވެރިކަމުގެ ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވީ ޕުޓިން މަސްވެރިކަމަށް ނުކުންނެވި ކޯރުގެ ފިނިކަން ކުރީ 17 ޑިގްރީ ސެލްސިއަސްގައި ކަމަށާއި އެކަމަކު ވެސް އެ ކޯރަށް ފުންމަވާލައްވާ ޕުޓިން ފައްތަވާ ހައްދަވާ ކަމަށެވެ. އަދި ސްނޯކަލް ކުރެއްވުމުގައި ދެ ގަޑިއިރު ހޭދަ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

މާޝަލް އާޓްސް އާއި އައިސް ހޮކީ އަށް ޝައުގުވެރިކަން ހުންނަ ޕުޓިން މީގެ ކުރިން ވަނީ ރެސްލިން ވެސް ތަޅުއްވައިފަ އެވެ.