މެމްބަރުންތައް ދޫކޮށްލަން ގޮވާލައި މާލެ އާއި ބައެއް ރަށްރަށުގައި މުޒާހަރާކޮށްފި
މެމްބަރުންތައް ދޫކޮށްލަން ގޮވާލައި މާލެ އާއި ބައެއް ރަށްރަށުގައި މުޒާހަރާކޮށްފި

މިހާރު ޖަލުގައި ބަންދުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ދޫކޮށްލަން ގޮވާލައި މާލެ އާއި ބައެއް ރަށްރަށުގައި މިއަދު މުޒާހަރާކޮށްފި އެވެ.

މެމްބަރުންތައް ދޫކޮށްލަން ގޮވާލައި މާލެ އާއި ބައެއް ރަށްރަށުގައި މުޒާހަރާކޮށްފި
މެމްބަރުންތައް ދޫކޮށްލަން ގޮވާލައި މާލެ އާއި ބައެއް ރަށްރަށުގައި މުޒާހަރާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކު ހައްޔަރުކޮށްގެން ޖަލުގައި ބަންދުކޮށްފައިވާތީ އިދިކޮޅު ފަރާތްތައް ގުޅިގެން ކުރި މި މުޒާހަރާ މާލޭގެ އިތުރުން އައްޑު އާއި ގދ. ތިނަދު އާއި ގައްދު އާއި ގއ. ވިލިނގިލި އަދި ކޮލަމާފުށީގައި ވެސް ކުރިއަށް ގެންދިޔަ އެވެ. މާލޭގައި އެމްޑީޕީ ހަރުގެ ކައިރީގައި މުޒާހަރާކުރިއިރު އެ މުޒާހަރާގެ ތެރެއިން ފަސް މީހަކު ފުލުހުން ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު ފަހުން އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.

މެމްބަރުންތައް ދޫކޮށްލަން ގޮވާލައި މާލެ އާއި ބައެއް ރަށްރަށުގައި މުޒާހަރާކޮށްފި
މެމްބަރުންތައް ދޫކޮށްލަން ގޮވާލައި މާލެ އާއި ބައެއް ރަށްރަށުގައި މުޒާހަރާކޮށްފި

ހުވަދު އަތޮޅުގެ ހަތަރު ރަށެއްގައި މުޒާހަރާކުރިއިރު މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތަކީ ގައްދޫ ބޭފުޅެކެވެ. ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަކީ އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ ތިނަދޫގެ ބޭފުޅެކެވެ. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނަކީ މީގެ ކުރިން ޕީޕީއެމްގެ ބޮޑު ތާއީދެއް އޮތް ވިލިނގިލީގެ ބޭފުޅެކެވެ. ސައުދު ޕީޕީއެމުން ވަކިކުރުމާ އެކު، ވިލިނގިލީގައި މިހާރު ގިނައީ އިދިކޮޅު ފިކުރުގެ މީހުންނެވެ.

މެމްބަރުންތައް ދޫކޮށްލަން ގޮވާލައި ބެނާ އާއި ބޯޑު ހިފައިގެން ގިނަ އަދަދެއްގެ ބަޔަކު ނުކުމެ އެ ރަށްރަށުގެ ބޮޑެތި މަގުތަކުގައި މިއަދު ހިނގާލުން ކުރިއަށް ގެންދިޔަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ރާއްޖެ ޓީވީ އަށް ވިދާޅުވީ ފުލުހުންގެ ފަރާތުން މިހާރު ފެންނަ ހަރަކާތްތަކުން މުޒާހަރާ ކުރިއަށް ގެންދަން ފަސޭހަ ކަމަށެވެ. އަދި ފުލުހުންގެ ތެރޭގައި ވެސް ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވާ ފުލުހުންތަކެއް އެބަތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިކަން ކާމިޔާބު ކުރެވޭނެ. އަދި ކުރިއަށް ވުރެ ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރި ފުލުހުންގެ ފަރާތުން ވެސް ފަސޭހަތަކެއް ލިބެމުން އަންނަކަން ފާހަގަކުރެވޭ،" ހަސަން ވިދާޅުވި އެވެ.