އަބްދުލްހަމީދު ޒަކަރިއްޔާ އަށް ދައުވާ ކުރަންޖެހޭ: ހަސަން ލަތީފު
އަބްދުލްހަމީދު ޒަކަރިއްޔާ އަށް ދައުވާ ކުރަންޖެހޭ: ހަސަން ލަތީފު

ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމުގެ ނައިބު އަދި މަޖިލިހުގެ އިދާރާގެ ފޮރިން ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާ އަބްދުލްހަމީދު ޒަކަރިއްޔާ، މަޖިލިހުގެ މެމްބަރުންނާ ގުޅޭ ގޮތުން އަމަލު ކުރެއްވި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުލްހަމީދު ޒަކަރިއްޔާ އަށް ދައުވާ ކުރަންޖެހޭ: ހަސަން ލަތީފު
އަބްދުލްހަމީދު ޒަކަރިއްޔާ އަށް ދައުވާ ކުރަންޖެހޭ: ހަސަން ލަތީފު

އޭނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން މިދިޔަ މަހުގެ 24 ގައި މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅޭ ގޮތުން އެ އިދާރާ އިން ބަޔާން ނެރުނު މައްސަލަ އާއި ބައެއް މެމްބަރުންގެ މައްސަލަ ބަލައި ދިނުމަށް އެދި ފުލުހުންނަށް ސިޓީ ފޮނުވި މައްސަލައިގަ އެވެ.

އަބްދުލްހަމީދު ޒަކަރިއްޔާ އަށް ދައުވާ ކުރަންޖެހޭ: ހަސަން ލަތީފު
އަބްދުލްހަމީދު ޒަކަރިއްޔާ އަށް ދައުވާ ކުރަންޖެހޭ: ހަސަން ލަތީފު

މަޖިލިހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވެފައި ވަނީ އިދިކޮޅު މެމްބަރުން މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތް މައްސަލައާ ގުޅޭ ގޮތުން ބަޔާން ނެރުނީ އޭނާ އށް އެނގިވަޑައިގަތުމެއް ނެތި ކަމަށެވެ.

އަބްދުލްހަމީދު ޒަކަރިއްޔާ އަށް ދައުވާ ކުރަންޖެހޭ: ހަސަން ލަތީފު
އަބްދުލްހަމީދު ޒަކަރިއްޔާ އަށް ދައުވާ ކުރަންޖެހޭ: ހަސަން ލަތީފު

"އަޅުގަނޑަށް އެނގިފައެއް ނެތް [ބަޔާން ނެރުނު ކަމެއް]. އަޅުގަނޑު ނުދެކެން އަދި ބަޔާނެއް،" މަޖިލިހުގެ އިދާރާގެ ތައްގަނޑެއް އަދި ބޭފުޅެއްގެ ސޮޔެއް ވެސް ނެތި މަޖިލިހުގެ ލެޓާހެޑުގައި ނެރުނު ބަޔާނާ ގުޅޭ ގޮތުން އަހުމަދު "މިހާރު" އަށް ވިދާޅުވެފައިވެ އެވެ.

އަމީން އާންމު ނެތް ހާލަތްތަކުގައި އޭނާގެ ޒިންމާތައް އަމީން އާންމުގެ ނައިބާ ލިޔުމުން ހަވާލު ކުރެވެ އެވެ. ނަމަވެސް މިދިޔަ މަހުގެ 24 ގެ ކުރިންނާއި ފަހުން ވެސް އަމީން އާންމުގެ އެއްވެސް ޒިންމާއެއް އޭނާގެ ނައިބާ ހަވާލު ކޮށްފައި ނެތް ކަމަށް ވަނީ އެނގިފަ އެވެ. އަދި އަމީން އާންމު ބަރާބަރަށް އޮފީހަށް ނުކުންނަވައި އޭނާގެ މަސްއޫލިއްޔަތު ވެސް އަދާކުރައްވަ އެވެ.

މަޖިލިހުގެ އިދާރާ އިން އާންމުކޮށް އަމަލުކުރާ އުސޫލަށް ބަލާއިރު، އެތަނުން ބަޔާން ނެރެނީ އަމީން އާންމަށް އެނގިވަޑައިގެންނެވެ.

ނަަމަވެސް އިދިކޮޅު މެމްބަރުން މަޖިލިހުގެ އިދާރާގެ ތެރެއަށް މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ މެންދުރު ވަދެވަޑައިގަތުމުގެ ކުރިންނާއި ފަހުން ސިފައިން ހިންގި އެއްވެސް ކަމެއް އަމީން އާންމަށް އެނގިވަޑައިގަންނަވާ ކަމަކަށް ނުވެ އެވެ. އަދި އެ ދުވަހުގެ ހެނދުނު މަޖިލިހުގެ އިދާރާގެ ހުރިހާ ގޭޓެއްގައި ސިފައިން ތަޅު އަޅުވައި ބަންދުކުރަން އެންގި ފަރާތެއް ވެސް އޭނާ އަށް އެނގިވަޑައެއް ނުގަންނަވަ އެވެ. ހަމައެކަނި އަމީން އާންމަށް 24 ވަނަ ދުވަހު އެނގިވަޑައިގަތް ކަމަކަށް ވަނީ މަޖިލިހުގެ އިދާރާގެ މުވައްޒަފުން ފިޔަވައި އިތުރު ބަޔަކަށް އެ ތަނަށް ނުވަދެވޭނެ ކަން އެމްއެންޑީއެފުން އަންގާފައި އޮތް ކަމެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަން ހަސަން "މިހާރު" އަށް ވިދާޅުވީ އަމީން އާންމު ހުންނަވަނިކޮށް، އަދި އޭނާގެ މަސްއޫލިއްޔަތު ވެސް އެހެން ބޭފުޅަކާ ހަވާލު ނުކުރައްވަނީސް، މަޖިލިހުގެ އިދާރާގެ ނަމުގައި ބަޔާން ނެރެ، މެމްބަރުންގެ މައްސަލަތައް ބަލައި ދިނުމަށް އެދިވަޑައިގެން ފުލުހުންނަށް ސިޓީ ފޮނުވުމަކީ ޣައިރު ގާނޫނީ ކަމަކަށް ވާނެ ކަމަށެވެ.

މިދިޔަ މަހުގެ 24 ގެ ހާދިސާއާ ގުޅޭ ގޮތުންނާއި އަދި މަޖިލިހުގެ މެމްބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބޭފުޅުންތަކެއް އެ ދުވަހު މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތް މައްސަލާގައި ފުލުހުން ތިން މެމްބަރަކު ބަންދުކޮށްފައި ވަނީ މަޖިލިހުން ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ ތިން މެމްބަރުން ހައްޔަރު ކުރުމަށް ކޯޓު އަމުރު ދީފައި ވަނީ ވެސް މަޖިލިހުގެ އިދާރާގެ ސިޓީ އަށް ބުރަވެ އެވެ.

މަޖިލިހުގެ އިދާރާގެ ބައެއް ކަންކަން އެނގޭ މީހުން ބުނާ ގޮތުގައި އިދިކޮޅު މެމްބަރުން މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތް މައްސަލައާ ގުޅޭ ގޮތުން ބަޔާން ނެރުއްވީ އަބްދުލްހަމީދު ޒަކަރިއްޔާ އެވެ. އަދި މެމްބަރުން ނޫން ކަމަށް އިލެކްޝަންސް އިން ކަނޑައަޅާފައިވާ ބޭފުޅުންތަކެއް މަޖިލިހަށް ވަދެވަޑައިގެންނެވި މައްސަލަ ބަލައި ދިނުމަށް އެދިވަޑައިގެން ފުލުހުންނަށް ސިޓީ ވެސް ފޮނުއްވީ އޭނާ ކަމަށް ވެ އެވެ.

މި ތުހުމަތު މިހާތަނަށް އަބްދުލްހަމީދު ޒަކަރިއްޔާ ދޮގެއް ނުކުރައްވަ އެވެ.

މި މައްސަލާގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ވިދާޅުވީ އަބްދުލްހަމީދު ޒަކަރިއްޔާގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 312 ވަނަ މާއްދާގެ ދަށުން ޝަހުސު އޮޅުވާލުމުގެ ދައުވާ ކުރަންޖެހޭނެ ކަމަށެވެ. އޭގެ އެއް ސަބަބަކީ އަބްދުލްހަމީދު ޒަކަރިއްޔާގެ އަމަލުގެ ސަބަބުން ބައެއް މެމްބަރުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، ޖަލަށް ދާން ޖެހުމެވެ.

"އަނެއް ކަމަކީ އެހެން ބޭފުޅަކަށް ގާނޫނީ ގޮތުން ލިބިފައި އޮތް ބާރެއް މީނާ [އަބްދުލްހަމީދު ޒަކަރިއްޔާ] ބޭނުން ކުރެއްވުން. އޭގެ ނަތީޖާ އަކީ ސިފައިންނާއި ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަނުން،" އަބްދުލްހަމީދު ޒަކަރިއްޔާގެ މައްޗަށް ދައުވާ ކުރަން އެމްޑީޕީން އަދިއެއް ނިންމާފައި ނެތްކަން ފާހަގަކުރައްވަމުން ހަސަން ވިދާޅުވި އެވެ.

"މަޖިލިހުގެ ސެކްރެޓަރީ ޖެނެރަލަށް ގާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ލިބިދީފައިވޭ. އެހެން މީހަކު ޝަހުސު އޮޅުވާލައިގެން ސެކްރެޓަރީ ޖެނެރަލްގެ ބާރު ބޭނުން ކުރުމުން އެ ލިބޭ ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި، ޝަހުސު އޮޅުވާލި މީހާ އަށް ލިބޭ އަދަބު ވެސް ބޮޑުވާނެ. އަބްދުލް ހަމީދު ޒަކަރިއްޔާ ކިޔާ މީހަކު ފޮނުވި ސިޓީއެއްގެ ސަބަބުން މަޖިލިހުގެ މެމްބަރުންތަކެއް އެ ތިބީ ޖަލުގައި. މިއީ ބަޔަކަށް ލިބުނު ކިހާ ބޮޑު ގެއްލުމެެއްތޯ؟."

މެމްބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، ފުލުހުންގެ ސަފު ފޫއަޅުވާލައި މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތް މައްސަލައިގެ ތަހުގީގަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރި ދާއިރާގެ މުހައްމަދު އަމީތު އަދި ވިލިނގިލި ދާއިރާގެ ސައުދު ހުސެއިން ވަނީ ދޫނިދޫގައި ބަންދުކޮށްފަ އެވެ. އެ ތިން ބޭފުޅުން ބަންދުކޮށްފައި ވަނީ 15 ދުވަހުގެ މުއްދަތަކަށެވެ.

ހަސަން ވިދާޅުވީ މިއީ ވަރަށް ސީރިއަސް، އަދި ހަމީދު ޒަކަރިއްޔާ ޒިންމާ ކުރުވަން ޖެހޭ މައްސަލައެއް ކަމަށެވެ.

"ބަޔަކަށް އަދި މިއީ ވަރަށް އާދައިގެ ކަމެއް ކަމަށް ހީވިޔަސް މިއީ ދައުވާކޮށް، އަދަބު ލިބެންޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމުގެ އެހީތެރިއަކަށް އަބްދުލްހަމީދު ޒަކަރިއްޔާ އައްޔަން ކުރެއްވީ ޑިސެމްބަރު 2016 ގަ އެވެ. އެކަމަކު އޭނާ އަދިވެސް ހުންނަވަނީ މަޖިލިހުގެ އިދާރާގެ ފޮރިން ރިލޭޝަންސް ހެޑްގެ މަގާމުގަ އެވެ. އަމީން އާންމުގެ ނައިބަކަށް އަބްދުލްހަމީދު ޒަކަރިއްޔާ އައްޔަން ކުރެއްވި ކަމެއް އަދިވެސް މަޖިލިހުގެ ރައީސް ރަސްމީކޮށް، މަޖިލިހުގެ އިދާރާގެ މުވައްޒަފުންނަށް ނާންގަވާ ކަމަށްވެ އެވެ.

އަބްދުލްހަމީދު ޒަކަރިއްޔާ މަޖިލިހުގެ އިދާރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2014 އިން ފެށިގެންނެވެ. އެކަމަކު އޭނާ ވަނީ އޭގެ ކުރިން ފޮރިން މިނިސްޓްރީގަ އާއި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގައި މަސައްކަތް ކުރައްވައިފަ އެވެ. އަބްދުލްހަމީދު ޒަކަރިއްޔާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޚާރިޖީ ދާއިރާގަ އެވެ. އަދި އޭނާ ވަނީ ޖަޕާންގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރުގެ ނައިބުކަން ވެސް 2005 އިން 2008 އަށް އަދާކުރެއްވި އެވެ.