ޝޭވިން ކްރީމެއްގެ މައްސަލާގައި ޝާހްރުކަށް ދައުވާ ކުރަން ކޯޓަށް ހުށަހަޅައިފި
ޝޭވިން ކްރީމެއްގެ މައްސަލާގައި ޝާހްރުކަށް ދައުވާ ކުރަން ކޯޓަށް ހުށަހަޅައިފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ހާން އިޝްތިހާރު ކުރި ޝޭވިން ކްރީމް "ވީއައި-ޖޯން" ބޭނުންކޮށްގެން މޫނު ހަލާކުވި ކަމަށް ބުނާ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ބޯޕާލްގެ މީހަކު ކޯޓަށް ހުށަހަޅައިފި އެވެ.

ޝޭވިން ކްރީމެއްގެ މައްސަލާގައި ޝާހްރުކަށް ދައުވާ ކުރަން ކޯޓަށް ހުށަހަޅައިފި
ޝޭވިން ކްރީމެއްގެ މައްސަލާގައި ޝާހްރުކަށް ދައުވާ ކުރަން ކޯޓަށް ހުށަހަޅައިފި

މި މައްސަލަ ހުށަހެޅި ރާޖްކުމާރް ޕާންޑޭ ބުނީ އިންޑިއާގެ އެއް ނަމްބަރު ޝޭވިން ކްރީމް ކަމަށް ބުނެ ޝާހްރުކް އެންޑޯޒް ކުރި "ވީއައި-ޖޯން" ޝޭވިން ކްރީމާ އެކު އޭނާ ކަސްޓަމަރުންނަށް އޮޅުވާލައި ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ.

ޕާންޑޭ ބުނީ އެ ޝޭވިން ކްރީމް ބޭނުންކޮށްގެން އޭނާގެ މޫނު ހަލާކުވެގެން ހޮސްޕިޓަލުން ފަރުވާ ވެސް ހޯދަން ޖެހުނު ކަމަށެވެ.

މި މައްސަލައާ ގުޅިގެން ބޯޕާލްގެ ކޮންޒިއުމާ ކޯޓްގެ މެޖިސްޓްރޭޓް ކަޝިނާތު ސިންގް ވިދާޅުވީ ޝާހްރުކާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވާތީ އެކަމުގެ ނޯޓިސް ޝާހް ރުކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ނޯޓިސް، ޝޭވިން ކްރީމް ވިއްކި ފިހަރައަށާއި މަދިޔަޕްރަދޭޝްގެ ފުޑް އެންޑް ޑްރަގްސް ޑިޕާޓްމަންޓަށް ވެސް ވަނީ ފޮނުވައިފަ އެވެ.

ކޯޓް ކޭހެއްގެ މައްސަލަ ފެންމަތިވި އިރު، ޝާހްރުކް މިހާރު އުޅެނީ ހުކުރު ދުވަހު ރިލީޒް ކުރާ އޭނާގެ އާ ފިލްމް "ޖަބް ހެރީ މެޓް ސޭޖަލް" ގެ ޕްރޮމޯޝަންތަކުގައި ވަރަށް ބުރަކޮށެވެ.

މިކަމާ ބެހޭ ގޮތުން ޝާހްރުކްގެ ތަރުޖަމާން ބުނީ އޭނާއަކީ "ވީއައި-ޖޯން" މިހާރު އެންޑޯޒް ކުރާ އެމްބެސެޑަރެއް ނޫން ކަމަށާއި އެ ޕްރޮޑަކްޓް އިޝްތިހާރު ކުރަން ހެދި އެގްރިމަންޓް މިދިޔަ އަހަރުގެ އެޕްރީލްގައި ހަމަވެފައިވާ ކަމަށެވެ.

އެހެންވެ ބާޒާރުން އެ އުފެއްދުން ގަނެގެން ދިމާވާ އެއްވެސް ކަމެއްގެ ޒިންމާ ޝާހްރުކް ނަގަން ނުޖެހޭނެ ކަމަށް ބުންޏެވެ.