02 އޯގަސްޓް 2017 - 13:37

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ވ. ފާންތަރި، ޑރ. މަރްޔަމް ޖަބީން އިއްޔެ އެ މަގާމަށް އައްޔަންކުރައްވާފައިވާ ކަމަށެވެ.
އޭނާ މީގެ ކުރިން މަސައްކަތް ކުރެއްވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގަ އެވެ.
ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ޖެންޑާ މިނިސްޓްރީގައި މިވަގުތު ހުންނެވީ ޖަބީން އެކަންޏެވެ.