މަސްވެރިކަމުގެ ދާއިރާ އިން ޕީއެޗްޑީ އަށް ކިޔަވަން ދެ ސްކޮލަޝިޕް ދީފި
މަސްވެރިކަމުގެ ދާއިރާ އިން ޕީއެޗްޑީ އަށް ކިޔަވަން ދެ ސްކޮލަޝިޕް ދީފި

މަސްވެރިކަމުގެ ދާއިރާ އިން ޕީއެޗްޑީ އަށް ކިޔެވުމަށް އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން (އައިޕީއެންއެލްއެފް) އިން ރާއްޖެއަށް ދެ ސްކޮލަޝިޕް ދީފި އެވެ.

މަސްވެރިކަމުގެ ދާއިރާ އިން ޕީއެޗްޑީ އަށް ކިޔަވަން ދެ ސްކޮލަޝިޕް ދީފި
މަސްވެރިކަމުގެ ދާއިރާ އިން ޕީއެޗްޑީ އަށް ކިޔަވަން ދެ ސްކޮލަޝިޕް ދީފި

ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިޕީއެންއެލްއެފްގެ ޗެއާމަން ޖޯން ބާޓަން ވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަށް އެ ސްކޮލަޝޮޕްގެ ލިޔުން ހަވާލުކޮށްފަ އެވެ.

އައިޕީއެންއެލްއެފްގެ ސްކޮލަޝިޕްގެ ދަށުން ކިޔަވަން ދާން ފުރުސަތު ދީފައި ވަނީ އެ މިނިސްޓްރީގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ދެ ޑިރެކްޓަރުންނަށެވެ. ހުސެއިން ސިނާން އަދި އަހުމަދު ރިޔާޒު ޖައުހަރީ އެވެ.

ޕީއެޗްޑީގެ ދިރާސާތައް ކުރިިއަށް ގެންދާނީ ރާއްޖޭން އިސްނަގައިގެން އައިއޯޓީސީގައި ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ.

މި ދެ ޕީއެޗްޑީ ޚާއްސަ ކޮށްފައި ވަނީ ރާއްޖޭގެ މަސްވެރިކަމާއި ބޭރު ދުނިޔޭގެ މަސްވެރިކަމުގެ ފުށުއެރުން ދެނެގަތުމަށާއި އިޖުމާލީ ގޮތުން މަސްވެރިކަމުގެ އަގު ދެނެގަތުމާއި މަސްވެރިކަން ކުރާ މީހުންގެ ހައްގުތައް ދެނެގަތުމަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. ޕީއެޗްޑީ އަށް ކިޔަވަން ދީފައި ވަނީ ފްރާންސް އަދި ކެނެޑާއިންނެވެ.

މިއަދުގެ ރަަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ޚާސިލް ކޮށްގެން ތިބި މީހުން މަދު ކަމަށެވެ. އެހެންކަމުން ގުޅޭ ދާއިރާއަކުން މީހުން ތަމްރީނުކޮށް، މަސްވެރިކަން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ އެއް އަމާޒު ކަމަށް ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ދުނިޔޭގެ ކަނޑުގެ އެކި ސަރަހައްދުތަކުން މަހުގެ ބާވަތްތައް މަދުވަމުންދާކަން ފާހަގަކުރެވޭއިރު، ރާއްޖޭން ވެސް ކަޅު ބިލަމަސް މަދުވެދާނެ ކަމަށް މިހާރު ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން އެ ފަދަ މައްސަލަތަކަށް ހައްލެއް ލިބިގެންދާނީ، ތައުލީމީ ބަޔަކު އުފެއްދިގެން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ މަސައްކަތް މި ކުރަނީ. މަސައްކަތް ކުރަނީ މި ދާއިރާ އިން ތައުލީމީ މީހުން ކުރިއަށް ދިއުން،" ޝައިނީ ވިދާޅުވި އެވެ.