ރާޖަމޯލީގެ ފިލްމަކަށް އަނެއްކާ ވެސް ޕްރަބާސް
ރާޖަމޯލީގެ ފިލްމަކަށް އަނެއްކާ ވެސް ޕްރަބާސް

ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރާލި "ބާހްބަލީ" ގެ ބޮޑު ކާމިޔާބީ އަށް ފަހު، ޑައިރެކްޓަރު އެސްއެސް ރާޖަމޯލީއާ މެދު ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ. ގިނަ ބަޔަކު އަންނަނީ އޭނާގެ އިތުރު ފިލްމަކަށް ކެތްތެރި ކަމެއް ނެތި އިންތިޒާރު ވެސް ކުރަމުންނެވެ.

ރާޖަމޯލީގެ ފިލްމަކަށް އަނެއްކާ ވެސް ޕްރަބާސް
ރާޖަމޯލީގެ ފިލްމަކަށް އަނެއްކާ ވެސް ޕްރަބާސް

އަނެއްކޮޅުން ހަމަމިއާ އެކު ރާޖަމޯލީގެ ފިލްމަކުން ޕްރަބާސް ދެކިލުމުގެ ޝައުގުވެރިކަން ވެސް އިންތިހާ އަށް ބޮޑެވެ. "ބާހްބަލީ" އަށް ފަހު އެންމެ ގަދަ އަށް އިވުނު އެއް ވާހަކައަކީ ވެސް މި ދެ މީހުން އަނެއްކާ ވެސް އާ ޕްރޮޖެކްޓަކަށް ތައްޔާރުވަމުން އަންނަ ވާހަކަ އެވެ. އެކަމަކު ރަސްމީކޮށް ދެ މީހުން ވެސް އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް މިހާތަނަކަށް ނުދައްކަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ބާހްބަލީ" ގެ ހިންދީ ވާޝަން ޕްރެޒެންޓްކުރި، ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ވަނީ އޭނާގެ ފިލްމް ކުންފުނި ދަރްމާ އަށް ޕްރަބާސް ލީޑަށް ލައިގެން ފިލްމެއް ޑައިރެކްޓްކޮށް ދޭން ވެސް ރާޖަމޯލީ އަށް ހުށަހަޅައި އެވެ.

އިންޑިއާގެ ފިލްމީ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން މިހާރު ރިޕޯޓް ކުރާ ރާޖަމޯލީ އާއި ޕްރަބާސް ވަނީ އާ ޕްރޮޖެކްޓެއް ފަށަން މިހާރު ޕްލޭންކޮށްފަ އެވެ. އެކަމަކު އަދި އެއީ ކޮން ކަހަލަ ފިލްމެއް ކަމެއް ނޭނގެ އެވެ. އަދި ފިލްމް ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް ވެސް ނޭނގެ އެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާ ފިލްމުގެ ސްޓޯރީލައިން ރާޖަމޯލީ އާއި ޕްރަބާސް މިހާރު ވަނީ ފައިނަލް ވެސްކޮށްފަ އެވެ. އަދި މި ފިލްމުގެ މުހިއްމު ރޯލެއް ސްރީދޭވީ އަށް ވެސް ހުށަހަޅާފައިވާ ކަމަށް އަޑުތައް ފެތުރިފައިވެ އެވެ.

"ބާހްބަލީ" ގެ ދެ ބައި ކުޅެން ޕްރަބާސް ވަނީ އިތުރު އެއްވެސް ފިލްމެއް ނުކުޅެ، ފަސް އަހަރު ދުވަސް އެ ފިލްމަށް ދީފަ އެވެ. އޭނާ މިހާރު އަންނަނީ ފިއުޗަރިސްޓިކް ތުރިލާ "ސާހޯ" ގެ މަސައްކަތް ކުރަމުންނެވެ.