އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް ޖުލައި 26 އަށް ނިމެނޭ: ޒިޔަތު
އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް ޖުލައި 26 އަށް ނިމެނޭ: ޒިޔަތު

މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް އަންނަ ޖުލައި 26 އަށް ނިމޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް ޖުލައި 26 އަށް ނިމެނޭ: ޒިޔަތު
އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް ޖުލައި 26 އަށް ނިމެނޭ: ޒިޔަތު

އޭނާ ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖްގެ ބިން ހިއްކުން މި ހަފުތާގައި ނުވަތަ އަންނަ ހަފުތާގެ ކުރީކޮޅު ނިމޭނެ ކަމަަށް ލަފާކުރެއްވޭ ކަމަށެވެ. ގދ. ތިނަދޫގައި ބިން ހިއްކި ޑްރެޖަރާއި ބައެއް ސާމާނު މިހާރު އަންނަނީ އެ ސަރަހައްދަށް ޖަމާކުރަމުންނެވެ.

"ބިން ހިއްކާ ނިމުމުން ދެން ހުރި މަސައްކަތްތައް ފަށާނެ. އަޅުގަނޑުމެން މި ބަލަނީ މަސައްކަތް ނިންމައި ޖުލައި 26 އަށް ހުޅުވޭތޯ،" ޒިޔަތު ވިދާޅުވި އެވެ.

އިންޑަސްޓްރިއަލް ވިލެޖުން 4.5 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމައިފަ އެވެ. ބިން ހިއްކައި ނިމުމުން މަގުތައް ހެދުން ފަދަ މަސައްކަތް ފަށާނެ އެވެ.

އިންޑަސްޓްރިއަލް ވިލެޖް މަޝްރޫއަށް 170 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އިންޑަސްޓްރިއަލް ވިލެޖް ނިމުމުން، މާލެ ތެރޭގައި ކުރާ ސިނާއީ ބައެއް މަސައްކަތްތައް އެ ސަރަހައްދަށް ބަދަލުކުރާނެ އެވެ. އޭރުން މާލެ އަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.