26 ޖޫން 2016 - 13:40

މިފަހަރުގެ އައިފާ އެވޯޑުސް ސްޕެއިންގެ މެޑްރިޑްގައި ރޭ ވަނީ ބާއްވާފަ އެވެ. މިއަހަރު ބޭއްވި ގިނަ އެވޯޑު ހަފުލާތަކެކޭ އެއްގޮތަށް އައިފާގައި ވެސް މިފަހަރު އެންމެ ވިދާލީ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ސަލްމާން ޚާންގެ "ބަޖްރަންގީ ބައިޖާން" އެވެ.
"ދަމް ލަގާކޭ ހައިޝާ"އަށް ގިނަ މިއުޒިކް ކެޓަގްރީ އެވޯޑުތަކެއް ލިބުނުއިރު އެންމެ މޮޅު މިއުޒިކް ޑައިރެކްޝަންގެ އެވޯޑު ގެންދިޔައީ "ރޯއީ" އެވެ.
ގިނަ ބަޔަކު ހީކުރީ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ގެންދާނީ "ބަޖްރަންގީ ބައިޖާން" އިން ސަލްމާން ޚާން ކަމަށެވެ. ނަމަވެސް އެވޯޑު ގެންގޮސްފައިވަނީ "ބާޖީރާއޯ މަސްތާނީ" އިން ރަންވީރު ސިންގް އެވެ. އަދި ހަމަ އެ ފިލްމުން ކަބީރު ޚާން އަށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބޭނެކަމަށް ގިނަބަޔަކު އުންމީދު ކުރި ނަމަވެސް މި ވޯޑު ގެންގޮސްފައި ވަނީ "ބާޖީރާއޯ މަސްތާނީ"ގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އެވެ.
އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އިތުރުން "ވުމަން އޮފް ދަ އިޔާ" އެވޯޑު ޕްރިޔަންކާ ޗޯޕްރާއަށް ލިބިފައިވެ އެވެ.
އެންމެ މޮޅު އެކްޓަރު: ރަންވީރު ސިންގް "ބާޖީރާއޯ މަސްތާނީ"
އެންމެ މޮޅު އެކްޓްރެސް: ދީޕިކާ ޕަދުކޯން "ޕީކޫ"
އެންމެ މޮޅު ފިލްމު: "ބަޖްރަންގީ ބައިޖާން"
އެންމެ މޮޅު ވާހަކަ: "ޕީކޫ"
އެންމެ މޮޅު ޑައިރެކްޓަރު: ސަންޖޭ ލީލާ ބާންސާލީ "ބާޖީރާއޯ މަސްތާނީ"
އެންމެ މޮޅު ސަޕޯޓިން އެކްޓަރު: އަނިލް ކަޕޫރު "ދިލް ދަޅަކްނޭ ދޯ"
އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް: ޕްރިޔަންކާ ޗޯޕްރާ "ބާޖީރާއޯ މަސްތާނީ"