ވަރުން ދަވަން ފިލްމު ކުޅެދޭ އަގު ބޮޑުކުރީތަ؟
ވަރުން ދަވަން ފިލްމު ކުޅެދޭ އަގު ބޮޑުކުރީތަ؟

މިއަހަރު ފެށުނުތަނާ ރިލީޒްކުރި، ވަރުން ދަވަން އާއި އާލިއާ ބަޓްގެ "ބަދްރީނާތު ކީ ދުލްހަނިޔާ" ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފަ އެެެވެ. މިފިލްމަކީ ކްރިޓިކްސް އާއި ބެލުންތެރިންގެ ތަރުހީބު ވެސް ވަރަށް ބޮޑަށް ލިބިފައިވާ ފިލްމެކެވެ. އަދި ވަރުން ދަވަން އާއި އާލިއާ ބަޓްގެ މަގްބޫލުކަން އެތައް ގުނައެއް އިތުރުވި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ބުނާ ގޮތުގައި ފިލްމުގެ ކާމިޔާބީއާ އެކު ވަރުން ދަވަން ވަނީ ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފަ އެވެ.

ވަރުން އަލަށް ކުޅެން ސޮއިކުރި ޑައިރެކްޓަރު ޝަރަތު ކަޓާރިޔާގެ "ސުއި ދާގާ: މޭޑް އިން އިންޑިޔާ" ވަރުން ކުޅެދެނީ "ބަދްރީނާތު ކީ ދުލްހަނިޔާ" ކުޅެދިން އަގަށް ވުރެ މާ ބޮޑު އަގަކަށް ކަމަށްވެ އެވެ.

ޑެކަން ކްރޮނިކަލް ނޫހަށް، "ސުއި ދާގާ" ޕްރޮޑިއުސްކުރާ ޔާޝްރާޖް ފިލްމްސްގެ ތަރުޖަމާނު ބުނެފައިވާ ގޮތުގައި މިކަމާ ގުޅޭ ގޮތުން އަދި އެއްވެސް އެއްޗެކޭ ބުނެވޭކަށް ނެތެވެ. ސަބަބަކީ އެ ޕްރޮޖެކްޓަކީ ކާސްޓިން ޕްރޮސެސްގައި އޮތް ފިލްމަކަށް ވާތީ އެފަދަ ފިލްމުތަކުގެ ވާހަކަ ހާމަކުރުމުމަކީ ޔާޝްރާޖް ފިލްމްގެ ގަވާއިދުތައް ބުނާ ގޮތުން މަނާ ކަމަކަށް ވާތީ އެވެ.

ބޮލީވުޑް ރިޕޯޓްތައް ބުނާ ގޮތުގައި ވަރުން ހުރީ އޭނާ ކީ އަގަށް ބަދަލެއް ގެނެސްދޭން ތައްޔާރަކަށް ނޫނެވެ. ކުރިން "ސުއި ދާގާ" ކުޅެންހަމަޖެހިފައި އޮތީ ރަންބީރު ކަޕޫރެވެ. ނަމަވެސް ފަހުން ވަރުން އަށް ފިލްމު ދިނީ ރަންބީރުގެ "ޖައްގާ ޖާސޫސް" ފްލޮޕްވުމުން ކަމަށްވެ އެވެ.

ވަރުން މިހާރު ކުރަމުންދަނީ ބައްޕަ ޑޭވިޑް ދަވަންގެ "ޖުޅްވާ 2"ގެ މަސައްކަތެވެ. މިއީ ސަލްމާން ޚާނާއި ކަރިޝްމާ ކަޕޫރު އަދި ރާމްބާ ކުޅެފައިވާ "ޖުލްވާ"ގެ ސީކުއަލް އެކެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ރިލީޒްކުރާ، ވަރުން ޑަބަލް ރޯލު ކުޅޭ މި ފިލްމުގައި ތާޕްސީ ޕަންނޫ އާއި ޖެކްލީން ފެނާންޑިސް ބަތަލާގެ ބައި ކުޅެ އެވެ.