ބޭހަށް ނުގުޑާ ޖަރާސީމުތަކުން 2050 ގައި ކޮންމެ ތިން ސިކުންތަކުން މަރެއް
ބޭހަށް ނުގުޑާ ޖަރާސީމުތަކުން 2050 ގައި ކޮންމެ ތިން ސިކުންތަކުން މަރެއް

ބޭހަށް ނުގުޑާ ޖަރާސީމުތަކުގެ މައްސަލަ އަށް ހައްލެއް ނުހޯދިއްޖެ ނަމަ 2050 ވަނަ އަހާރާ ހަމަ އަށް ދާއިރު ކޮންމެ ސިންތަކުން މީހަކު މަރު ވާނެކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ދިރާސާ ރިޕޯޓެއްގައި ލަފާކޮށްފި އެވެ.

ބޭހަށް ނުގުޑާ ޖަރާސީމުތަކުން 2050 ގައި ކޮންމެ ތިން ސިކުންތަކުން މަރެއް
ބޭހަށް ނުގުޑާ ޖަރާސީމުތަކުން 2050 ގައި ކޮންމެ ތިން ސިކުންތަކުން މަރެއް

ދުނިޔޭގެ އާބާދީގެ ބޮޑު ބައެއް ފަނާވުން ހުއްޓުވުމަށް ބިލިއަނުން ޑޮލަރު އިންވެސްޓް ކުރުމުގެ ޕްލޭނެއް ވެސް އެ ރިޕޯޓުގައި ހިމަނާފައިވެ އެވެ. މީގެ އިތުރުން، މިހާރުގެ ބޭސްތައް ބޭނުން ކުރާ ގޮތް މުޅިން ބަދަލުކޮށް މިހާރަށް ވުރެ ބޮޑަށް މީހުން ހޭލުންތެރި ކުރަން ޖެހިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޓެރަރިޒަމާ އެއް ހަމައެއްގައި ސިފަކޮށްފައިވާ މި މައްސަލަ ބޮޑުވެފައިވަނީ އައު ބޭސްތައް އުފެއްދުން ލަސްވުމާއި މިހާރުގެ ބޭސްތައް ބޭނުންކުރުމުގައި ޒިންމާދާރުކަން ކުޑަވުމުން ކަމުގައި ބަޔާންކޮށްފައިވެ އެވެ.

ދެ ހާސް ސާދަ ވަނަ އަހަރު ނެރުނު ރިޕޯޓްގެ ފަހުން ވެސް މިފަދަ ބަލިތަކުން އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އޭގެ ފަހުން ދުނިޔޭގެ އެންމެ ވަރުގަދަ އެންޓިބަޔަޓިކް "ކޮލިސްޓިން" އަށް ވެސް ބައެއް ބެކްޓީރިއާތައް ނުގުޑާ ކަމަށް ޑޮކްޓަރުން ބުނެ އެވެ.

އަދި މި މައްސަލަ އިތުރުވެ 2050 ވަނަ އަހަރާ ހަމަ އަށް ދާއިރު އަހަރަކު 10 މިލިއަނަށް ވުރެ ގިނަ މީހުން މަރުވާނެ ކަމަށް އެ ރިޕޯޓްގައި ލަފާކޮށްފައިވެ އެވެ.

އަދި މިކަން ހުއްޓުވުމަށްޓަކައި ގައުމަތަކުން ކުރަންޖެހޭ ހޭދަ މި ގަރުނުގެ މެދެއްހާ ތަނުގައި 100 ޓްރިލިއަން ޑޮލަރު އިތުރުވާނެ ކަމުގައި ވެ އެވެ.

"އަހަރެމެން މިހާރުން މިހާރަށް މުޅި ދުނިޔެގައި ހޭލުންތެރިކަން އެބަ އިތުރުކުރަންޖެހޭ. މެޓާހެން އެންޓިބަޔަޓިކް ބޭނުން ކުރުން އެބަ ހުއްޓުވަންޖެހޭ،" އެ ރިޕޯޓް ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އިގްތިސާދީ މާހިރަކު ވިދާޅުވިކަމަށް ބީބީސީ ގައި ބުނެފައިވެ އެވެ.

"މިހާރު މި މައްސަލަ އަށް ހައްލެއް ހޯދަން މަސައްކަތް ނުކޮށްފި ނަމަ އަލުން ޖާހިލިއްޔަ ޒަމާނަށް ދުނިޔެ ވެއްޓޭނެ."

ބޭހަށް ނުގުޑާ ޖަރާސީމުތައް އިތުރުވެއްޖެ ނަމަ، ޑޮކްޓަރުންގެ ބޭނުން މުޅިންހެން ކެނޑޭނެ އެވެ. އެންމެ ކުޑަވެގެން އިނގިލި ކަނޑައިގެން ދިޔުމަކީ އެ މީހާގެ މަރުގެ ސަބަބު ކަމަށް ވުން ވެސް އެކަށީގެންވެ އެވެ. އެޕެންޑިކްސް ނެގުން ފަދަ އެންމެ އާދައިގެ އޮޕަރޭޝަންތަކުގެ އިތުރުން ވިހެއުމުން ވެސް އަރައިނުގަނެވިދާނެ ކަމުގައި މާހިރުން ބުނެ އެވެ.

އައު ބޭސް އުފެއްދުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން، 1980ގެ ފަހުން އަލަށް އެންޓިބަޔަޓިކެއް އުފައްދާފައެއް ނުވެ އެވެ.

މި މައްސަލައިގެ ފަހަތުގައި ޖަނަވާރުން އަވަހަށް ބޮޑެތި ކުރުމަށް އެންޓިބަޔަޓިކް ބޭނުން ކުރުން ހިމެނޭ ކަމުގައި ސިއްހީ މާހިރުން ތުހުމަތު ކުރެ އެވެ.

\"