ފެތުނު ލޯންޗުގެ ޓޫރިސްޓުންތައް ސަލާމަތް ކޮށްފި
ފެތުނު ލޯންޗުގެ ޓޫރިސްޓުންތައް ސަލާމަތް ކޮށްފި

މާލެ އަތޮޅު އެރިޔަދޫ ރިސޯޓުން ފުރައިގެން ހުޅުލެ އަށް ދަތުރު ކުރަނިކޮށް ލޯންޗު ފެތުމުން ކަނޑުވެފައި ތިބި ޓޫރިސްޓުންތައް ސަލާމަތް ކޮށްގެން އެ ރިސޯޓަށް ގެންގޮސްފި އެވެ.

ފެތުނު ލޯންޗުގެ ޓޫރިސްޓުންތައް ސަލާމަތް ކޮށްފި
ފެތުނު ލޯންޗުގެ ޓޫރިސްޓުންތައް ސަލާމަތް ކޮށްފި

އެމްއެންޑީއެފުން ބުނި ގޮތުގައި ހަތް ޓޫރިސްޓުން ގޮވައިގެން ހުޅުލެ އަށް ދަތުރު ކުރި ލޯންޗެއް ވަން އެންޑް އޮންލީ ރީތި ރަށް ކައިރި އަށް އަޑި އަށް ދިޔަ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 3:57 ހާއިރެވެ. އޭރު އެ ލޯންޗުން ދަތުރު ކުރީ ހަތް ޓޫރިސްޓުންގެ އިތުރުން ލޯންޗުގެ ތިން ފަޅުވެރިން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. ހަތް ޓޫރިސްޓުންގެ ތެރޭގައި ހިމެނެނީ ބޮޑެތި ފަސް މީހުންނާއި ދެ ކުޑަކުދިންނެވެ. އެއީ ޗައިނާ މީހުންނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ޓޫރިސްޓުންތަކެއް ގޮވައިގެން އެ ލޯންޗު ދަތުރު ކުރީ މާލެ އަތޮޅު އެރިޔަދޫ ރިސޯޓުން ފުރައިގެންނެވެ. ލޯންޗު ފެތުމުން، އެ ލޯންޗުން ދަތުރު ކުރި ބައެއް މީހުން ކަނޑުމަތީގައި ތިއްބައި އެ ސަރަހައްދުން ދަތުރު ކުރި އެހެން ލޯންޗަކަށް ވަނީ ފެނިފަ އެވެ. އަދި އެ ލޯންޗުން މީހުން ސަލާމަތް ކުރުމުގައި އެހީތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި ފެތުނު ލޯންޗު ދޯންޏެއްގައި ކަފު ޖަހައިގެން އެރިޔަދޯ ރިސޯޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.