ނަވާޒް ޝަރީފަށް މަގާމުން ދުރުކުރުމުގެ ހެޓްރިކެއް
ނަވާޒް ޝަރީފަށް މަގާމުން ދުރުކުރުމުގެ ހެޓްރިކެއް

އިސްލާމްއާބާދު (ޖުލައި 28) - ޕާކިސްތާނުގައި ތިން ފަހަރު ބޮޑު ވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފުގެ ސިޔާސީ ހަޔާތުގައި މިހާތަނަށް އެއްވެސް ފަހަރަކު ދައުރު ފުރިހަމަ ކުރެއްވޭ ގޮތެއް ނުވެ އެވެ. ބޮޑު ވަޒީރުކަމުގެ ފަސް އަހަރުގެ ދައުރު ފުރިހަމަ ނުކުރެއްވެނީސް މަގާމުން ދުރުކުރަނީ އެވެ. އެކަމަކު ސިޔާސީ ހަޔާތުގައި ކުރިމަތިވި ކޮންމެ އަޑިގަނޑަކުން ވަނީ އަރުއްވައިފަ އެވެ.

ނަވާޒް ޝަރީފަށް މަގާމުން ދުރުކުރުމުގެ ހެޓްރިކެއް
ނަވާޒް ޝަރީފަށް މަގާމުން ދުރުކުރުމުގެ ހެޓްރިކެއް

ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި ކޮރަޕްޝަނުގެ މައުލޫމާތުތަކުގައި ނަވާޒް ޝަރީފުގެ އާއިލާގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުމާ ގުޅިގެން އުމުރުން 67 އަހަރުގެ ނަވާޒް ޝަރީފަށް ވަނީ މަގާމުން ދުރުކުރުމުގެ ހެޓްރިކެއް ފުރިހަމަ ކުރެއްވިފަ އެވެ. އެކަމަކު ޕާކިސްތާނުގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ބަލާ ނަވާޒް ޝަރީފުގެ މައްޗަށް ކިތަންމެ ތުހުމަތެއް ކުރި ނަމަވެސް އެމަނިކުފާނު ވަނީ ސިޔާސީ ހަޔާތުގައި ކާމިޔާބު ހޯއްދަވައިފަ އެވެ. ދަގަނޑުގެ ވިޔަފާރި ކުރާ ނަވާޒް ޝަރީފަކީ ޕާކިސްތާނުގެ އެންމެ ބައިބޯ ޕަންޖާބު ޕްރޮވިންސްގެ އެންމެ ނުފޫޒުގަދަ ބޭފުޅާ އެވެ.

ނަވާޒް ޝަރީފަށް މަގާމުން ދުރުކުރުމުގެ ހެޓްރިކެއް
ނަވާޒް ޝަރީފަށް މަގާމުން ދުރުކުރުމުގެ ހެޓްރިކެއް

މީގެ ކުރިން ނަވާޒް ޝަރީފު ވަނީ 1990 އިން 1993 އަށް އަދި 1997 އިން 1999 އަށް ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ.

ނަވާޒް ޝަރީފަށް މަގާމުން ދުރުކުރުމުގެ ހެޓްރިކެއް
ނަވާޒް ޝަރީފަށް މަގާމުން ދުރުކުރުމުގެ ހެޓްރިކެއް

ނަވާޒް ޝަރީފު އުފަންވެވަޑައިގެންފައި ވަނީ ޑިސެމްބަރު 25، 1949 ގައި ޕަންޖާބުގެ ވެރިރަށް ލާހޯރުގެ މުއްސަނދި އާއިލާއަކަށެވެ. ގާނޫނީ ދާއިރާ އިން ޑިގްރީ ހާސިލް ކުރެއްވުމަށް ފަހު ބައްޕާފުޅުގެ ދަގަނޑު ކުންފުނީގައި މަސައްކަތް ކުރައްވަން ފެއްޓެވި އެވެ. ސިޔާސީ ދާއިރާ އަށް ވެންނެވީ އަސްކަރީ ވެރިޔާ ޖެނެރަލް ޒިއާއުލް ހައްގުގެ ވެރިކަމުގަ އެވެ. ފިންނޭންސް މިނިސްޓަރުކަން ކުރެއްވުމަށް ފަހު 1985 އިން 1990 އަށް ހުންނެވީ ޕަންޖާބުގެ ޗީފް މިނިސްޓަރުގެ މަގާމުގަ އެވެ. އެ އަހަރު ބޭއްވި އިންތިޚާބުގައި ބޭނާޒް ބުއްޓޫގެ މައްޗަށް ކާމިޔާބު ހޯއްދަވާ ބޮޑު ވަޒީރުކަމަށް ވަޑައިގެންނެވި ނަމަވެސް މަގާމުގައި ހުންނެވުނީ ތިން އަހަރު އެވެ. ކޮރަޕްޝަނުގެ ތުހުމަތުގައި ނަވާޒް ޝަރީފް މަގާމުން ދުރުކުރަން އޭރުގެ ރައީސް ޣުލާމް އިސްހާގު ޚާން ނިންމެވި އެވެ. ނަވާޒް ރައީސްގެ ނިންމެވުމަށް ސުޕްރީމް ކޯޓުން ދެކޮޅު ހެދުމުން ރައީސްކަމުގެ މަގާމުން އިސްހާގު ޚާން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ނަވާޒް ޝަރީފް ވެސް ފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ޕާކިސްތާނުގައި 1997 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ނަވާޒް ޝަރީފް ވަނީ ބޮޑު ތާއިދަކާ އެކު ވެރިކަމަށް ވަޑައިގެން އިގްތިސާދީ ބަދަލުތައް ގެންނަވަން ފައްޓަވައިފަ އެވެ. އަދި ޕާކިސްތާނުގައި 1998 ވަނަ އަހަރު ނިއުކްލިއާ ޓެސްޓެއް ކުރުމުން ގައުމުގެ އެތެރޭން ނަވާޒް ޝަރީފުގެ ތާއިދު ވަރަށް ބޮޑަށް އިތުރުވި އެވެ. އެކަމަކު ސަރުކާރާއި ސިފައިންނާ ދެމެދު މައްސަލަ ޖެހި 1999 ވަނަ އަހަރު ވަނީ އަސްކަރީ ބަޣާވާތެއްގައި ނަވާޒް ޝަރީފުގެ ވެރިކަން ވައްޓާލައިފަ އެވެ. ވެރިކަމަށް ވަޑައިގެންނެވީ އޭރުގެ ސިފައިންގެ ވެރިޔާ ޕަރްވޭޒް މުޝައްރަފެވެ. ޓެރަރިޒަމާއި ހައިޖެކްކުރުމުގެ ކުށުގައި އަސްކަރީ ކޯޓަކުން ވަނީ ނަވާޒް ޝަރީފު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. ނަމަވެސް 2000 ވަނަ އަހަރު ވަނީ ނަވާޒް ޝަރީފު ސައުދީ އަށް ބަދަލުވުމަށް ހުއްދަ ދީފަ އެވެ. އެނބުރި ޕާކިސްތާނަށް ވަޑައިގެންނެވީ 2007 ވަނަ އަހަރު އެވެ.

ޕާކިސްތާނުގައި 2013 ވަނަ އަހަރު ބޭއްވި އިންތިޚާބު ކާމިޔާބު ކުރައްވާ ނަވާޒް ޝަރީފް ވަނީ އަނެއްކާ ވެސް ސިޔާސީ ހަޔާތަށް އެނބުރިވަޑައިގެންފަ އެވެ. އެކަމަކު ބޮޑު ވަޒީރުކަމުގެ ދައުރު ހަމަވާން އަހަރެއްހާ ދުވަހަށްވެފައި ވަނިކޮށް ކޮރަޕްޝަނުގެ ތުހުމަތުގައި ސުޕްރީމް ކޯޓުން މި ފަހަރު ވެސް މިވަނީ ނަވާޒް ޝަރީފް މަގާމުން ދުރުކޮށްފަ އެވެ. ނަވާޒް ޝަރީފަށް ފަހު ސިޔާސީ ދާއިރާ އަށް ނެރުމަށް ތައްޔާރު ކުރަމުން ދިޔަ ދަރިކަނބަލުން މަރިޔަމް ވެސް މިވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ބެދިފަ އެވެ.