28 ޖުލައި 2017 - 06:41

މައިކްރޮސޮފްޓް ޕެއިންޓް ހުއްޓާލަން އުޅޭ ވާހަކަ އިވުމުން ގިނަ ބަޔަކު ސިހުނެވެ. އެއީ ހަގީގަތުގައި އެ ޕްރޮގްރާމް ހުއްޓާލަން ނޭދޭތީ ހިތަށް ލިބުނު މޮޅިކަމެއްގެ ސަބަބުން ހަށިގަނޑަށް އެރި ލޮޅުމެކެވެ.
ދެރަނުވާށެވެ. މައިކްރޮސޮފްޓް އިން "ޕެއިންޓް" އެޕްލިކޭޝަން ހުއްޓައެއް ނުލަ އެވެ. ބޭނުން މީހަކަށް ޑައުންލޯޑްކުރެވޭ ގޮތަށް ވިންޑޯޒް ސްޓޯރުގަައި ރައްކާކުރަނީ އެވެ.
"ވިންޑޯޒް 10 ކްރިއޭޓާ އަޕްޑޭޓް"އާ އެކު ވިންޑޯޒްގައި ބޭނުންކުރާ ބައެއް އެޕްލިކޭޝަންތަކަށް މައިކްރޮސޮފްޓް އިން ބަދަލު ގެނާނެ އެވެ. އެ ގޮތުގައި ޒަމާނީ ބޭނުންތަކަށް ފަސޭހައިން ލެނބެން ނެތް އެޕްލިކޭޝަންތައް ވިންޑޯޒް އިން ބާކީކުރެވެ އެވެ. ވިންޑޯޒް 10 އަށް ދެން ލިބޭ އަޕްޑޭޓާ އެކު މި ބަދަލުތައް ފެންނާނެ ކަމަށް މައިކްރޮސޮފްޓް އިން ކަށަވަރުކޮށްދެ އެވެ. މާނަ އަކީ "އެމްއެސް ޕެއިންޓް ވިންޑޯޒް އިން އުނިވުމެވެ.
އެމްއެސް ޕެއިންޓް ވިންޑޯޒް ގައި ނުހިމަނާ ވާހަކަ އިވުމާ އެކު، ބޭނުންކުރާ މީހުންގެ ހިތުގައި، އެ ކުޑަކުޑަ އެޕްލިކޭޝަނަށް އޮތް ލޯތްބާއި އަޅާލުން ހާމަވެގެން ދިއަ އެވެ. އެއީ ރަނގަޅު ކުރިއެރުމެއް ކަމަށް ބަޔަކު ބުނި ނަމަވެސް، ގިނަ ބައެއްގެ ލޮލުން ކަރުނަ ވެސް އަ އެވެ. އެކަމަކު އެއީ އެމްއެސް ޕެއިންޓްގެ މޮޅު ކަމަކުން ނޫނެވެ. އެމްއެސް ޕެއިންޓްއާ ނުލައި ވިންޑޯޒްއާ އެކު ދިރިއުޅެވިފައި ނެތުމުން ވެވުނު އޯގާތެރިކަމުގެ ސަބަބުންނެވެ.
އާންމުގެ އޯގާތެރިކަން މައިކްރޮސޮފްޓް އަށް އިހުސާސްވުމާ އެކު، އެމްއެސް ޕެއިންޓް ހުއްޓައިނުލުމަށް ވަނީ ނިންމާފަ އެވެ. ވިންޑޯޒް 10 އަށް ގެންނަ ބަދަލުތަކުގައި، ޕެއިންޓް އުނިވި ނަމަވެސް، ވިންޑޯޒް ސްޓޯރުން ހިލޭ ލިބޭނެ އެވެ. އެމްއެސް ޕެއިންޓް މުޅިން އާ ގެއަކަށް ބަދަލުވީ އެވެ. ބޭނުންކެނޑުނީއެއް ނޫނެވެ.
އެމްއެސް ޕެއިންޓް އަކީ ދަތި އުނދަގޫ މަސައްކަތްތަކެއް ހިލޭސާބަހަށް ކޮށްދީފައިވާ އެޕްލިކޭޝަނެކެވެ. މިއީ ހަމަ އެކަނި ކުޑަ ކުދިންނަށް ކުލަޖައްސަން ދަސްކޮށްދޭ އެޕްލިކޭޝަނެއް ނޫނެވެ. އެއާޕޯޓަށް ޖައްސާ ފްލައިޓްތަކަށް ބޭނުންވާ ލޯގޯތައް ތައްޔާރުކުރުމުގައި، ވެކްޓާ އިމޭޖްތައް "ރާސްޓާ/ބިޓްމެޕް" އަށް ސްކޭލްކުރުމަށް ވެސް މި އެޕްލިކޭޝަން އަދި ވެސް ބޭނުންކުރެވެ އެވެ.
އެމްއެސް ޕެއިންޓްގެ ބަދަލުގައި މައިކްރޮސޮފްޓުން ތައާރުފުކުރަނީ "ޕެއިންޓް 3ޑީ" އެވެ. އަޖުމަ ބަލާލާށެވެ. ވިންޑޯޒް 10 ކްރިއޭޓާ އަޕްޑޭޓާ އެކު މި އެެޕްލިކޭޝަން ލިބޭނެ އެވެ. ވިންޑޯޒްގެ ވަޒަންވެރިއެއް ގޮތުގައި ދެން ދެމިއޮންނާނީ "ޕެއިންޓް 3ޑީ" އެވެ.