27 ޖުލައި 2017 - 09:19

ކޭއެމްއޭ ލީޖަން ގޭމިންގެ ފަރާތުން ބާއްވާ ކޯލް އޮފް ޑިއުޓީ ކޮމިއުނިޓީ މުބާރާތް މިއަދު ފަށައިފި އެވެ.
ސޯލްޓް ރެސްޓޯރަންޓުގެ ކޮންފަރެންސް ހޯލުގައި މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތް ބޭއްވުމުގެ މަގްސަދަކީ ކޯލް އޮފް ޑިއުޓީ ކޮމިއުނިޓީ ފުޅާކޮށް، ގޭމް ކުޅެމުން އަންނަ ޒުވާނުންނާއި އަލަށް ގޭމް ކުޅުމަށް ޝައުގުވެރިވާ ކުދިންނަށް މިކަން ކުރުމުގެ މަގު ތަނަވަސްކޮށް ދިނުމެވެ.
މި މުބާރާތް ވީހާ ވެސް ފުރިހަމަށް ކުރިއަށް ގެންދިއުމަށް ދިރާގުން ވަނީ އިވެންޓަށް ބޭނުންވާ އިންޓަނެޓްގެ ހުރިހާ ޚިދުމަތެއް ވަރަށް ކުރު މުއްދަތެއްގައި، ވަރަށް ފުރިހަމަ އަށް ލިބޭނެގޮތް ހަމަޖައްސައިފަ އެވެ.
ދިރާގުގެ އިތުރުން ޓްރޭނިން މޯލްޑިވްސް އާއި ކޮމްޕިއުޓާ ޕްލަސްގެ ފަރާތުން މި މުބާރާތް ބޭވުމަށް ވަނީ އެހީތެރިވެދީފަ އެވެ.
ކޭއެމްއޭ ލީޖަން ގޭމިން އިން ވަނީ މިހާތަނަށް ތިން މުބާރާތެއް ބާއްވައިފަ އެވެ. އޮންލައިންކޮށް ކުޅޭ މުބާރާތްތަކުގައި ރާއްޖޭގެ އިތުރުން އޭޝިއާގެ ގައުމުތަކުގެ ޓީމުތަކުން ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.
ކޯލް އޮފް ޑިއުޓީ ކޮމިނިއުޓީ މުބާރާތެއް ފެށިއިރު، ޒުވާނުންގެ މެދުގައި މަގްބޫލު ފީފާ މުބާރާތެއް ބޭއްވުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.