26 ޖުލައި 2017 - 14:34

އިއްޔެ މާލޭގައި ހިނގި މާރާމާރީތަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިއްޔެ އެންމެ ފުރަތަމަ މާރާމާރީ ހިންގީ ސުޕްރީމް ކޯޓު ކައިރިންނެވެ. އެ މާރާމާރީގައި ޒުވާނެއްގެ ބުރަކަށްޓަށް ވަޅި ހަރާފައިވާއިރު ދެވަނަ މާރާމާރީ ހިންގި އޭއެމްޑީސީ ކައިރިން ދެ މީހަކަށް ހަމަލާދީ ވަނީ ޒަހަމްކޮށްލައިފަ އެވެ.
އެ ދެ މާރާމާރީގެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާއިރު ފުރަތަމަ މާރާމާރީ ހިންގި ސުޕްރީމް ކޯޓުގެ ސަރަހައްދަކީ ގްރީން ޒޯނެއްގެ ގޮތުގައި ހިމެނޭ އަދި ސެކިއުރިޓީ ކެމެރާތައް ހުންނަ ސަރަހައްދެކެވެ.
އެ ދެ މާރާމާރީގައި އަނިޔާވި މީހުންނަށް ވެސް ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފަ އެވެ.