2.7 ބިލިއަން ޑޮލަރުގެ ޖޫރިމަނާއާ ހެދި ގޫގުލްގެ ފައިދާ ދަށްވެއްޖެ
2.7 ބިލިއަން ޑޮލަރުގެ ޖޫރިމަނާއާ ހެދި ގޫގުލްގެ ފައިދާ ދަށްވެއްޖެ

ޔޫރަޕިއަން ކޮމިޝަނުން ގޫގުލް 2.7 ބިލިއަން ޑޮލަރުން ކުރި ޖޫރިމަނާގެ ސަބަބުން އެ ކުންފުނީގެ ފަދެވަނަ ކުއާޓަރުގެ ފައިދާ ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ.

ގޫގުލްގެ ބެލެނިވެރި ކުންފުނި ކަމަށްވާ އަލްފަބެޓުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު އެ ކުންފުނިން 26 ބިލިޔަން ޑޮލަރުގެ ވިޔަފާރި ކުރި އެވެ. ނަމަވެސް ޖޫރިމަނާ ދެއްކުމުން ފައިދާގެ ގޮތުގައި ލިބުނީ 3.5 ބިލިއަން ޑޮލަރެވެ.

ޖޫރިމަނާ ދައްކަން ނުޖެހުނު ނަމަ، އަލްފަބެޓްގެ ފައިދާ ދެވަނަ ކުއާޓަރުގައި ހަ ބިލިޔަން ޑޮލަރަށްވުރެ ބޮޑު ވާނެ އެވެ.

ޔޫރަޕިއަން ކޮމިޝަނުން ގޫގުލް ޖޫރިމަނާ ކުރީ، ސާޗްތަކުގެ މައްޗަށް އެ ކުންފުނީގެ ޝޮޕިން ކޮމްޕެރިސަން އަރުވާ މައްސަލައިގަ އެވެ. އެ ކޮމިޝަނުން ނިންމާފައިވަނީ އެއީ ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރުން ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަލްފަބެޓުން ގޫގުލްގެ ޖޫރިމަނާ މައްސަލަ އިސްތިއުނާފުކުރަން މިހާރު ވަނީ ތައްޔާރު ވެފަ އެވެ. ރަސްމީކޮށް އެކަން އަލްފަބެޓުން ކަށަވަރެއް ނުކޮށްދެ އެވެ.