މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސް އެޅި މައްސަލަ އެންއައިސީ އަށް ހުށަހަޅައިފި
މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސް އެޅި މައްސަލަ އެންއައިސީ އަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު މަޖިލީހަށް ވަނުމަށް ހުރަސް އެޅި މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އެމްޑީޕީން ހުށަހަޅައިފި އެވެ.

މަޖިލީހުގެ އިދާރާގެ ހުރިހާ ގޭޓެއްގައި ސިފައިން މިއަދު ތަޅު އަޅުވާފައި ވަނިކޮށް، އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެމްބަރުން މަޖިލީހަށް ވަންނަން އުޅުމުން ފުލުުހުން ވަނީ އެކަމަށް ހުރަސް އަޅައިފަ އެވެ. ބައެއް މެމްބަރުން މަޖިލީހުގެ ފާރުމަތިން ފުންމާލައިގެން މަޖިލީހަށް ވަނުމުން ރަޔަޓް ސިފައިން ވަނީ މަޖިލީހަށް ވަދެ، ގަދަކަމުން އެ މެމްބަރުން އެތަނުން ނެރެފަ އެވެ. އެ ހަމަނުޖެހުންތަކުގައި ބައެއް މެމްބަރުންނަށް ވަނީ އަނިޔާވެފަ އެވެ.

މަޖިލިސް މެމްބަރުންގެ ނަމުގައި އެ މައްސަލަ އެންއައިސީ އަށް މިއަދު ހުށަހަޅާފައިވާ ކަން އެމްޑީޕީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސް އެޅުމުގެ ތެރޭގަ އާއި މެމްބަރުން މަޖިލީހުން ނެރުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި ބައެއް މެމްބަރުންނަށް ވަނީ އަނިޔާވެފަ އެވެ.

އިދިކޮޅު ކޯލިޝަންގެ މެމްބަރުން ބުނާގޮތުން މަޖިލީހަށް މެމްބަރުން ވަނުމަށް އެއްވެސް ފަރާތަކަށް ހުރަހެއް ނޭޅޭނެ އެވެ. އަދި މަޖިލިހުގެ އިދާރާގެ ތެރޭގައި މެމްބަރުން ތިއްބާ ސިފައިން ވަދެ އެތަނުން ނެރުމަކީ ގާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް އެ މެމްބަރުން ބުނެ އެވެ.

ފުލުހުން ބުނީ ފުލުހުންގެ ސަފުތައް ފޫ އަޅުވާލުމަށް ފަހު މަޖިލީހަށް ވަތް މެމްބަރުންގެ މައްސަލަ ބަލަމުންދާ ކަމަށެވެ.