މެލޭޝިއާގެ 4،000 ކުދިން "ހައްޖުކޮށްފި"
މެލޭޝިއާގެ 4،000 ކުދިން "ހައްޖުކޮށްފި"

ކުއާލަ ލަމްޕޫރު (ޖުލައި 24) - ހައްޖުގެ އަޅުކަން އަދާކުރާނެ ގޮތް ދަސްކޮށް ދިނުމުގެ ގޮތުން އުމުރުން ހަ އަހަރުގެ 4،000 ކުދިން މެލޭޝިއާގައި މިއަދު "ހައްޖުކޮށްފި" އެވެ.

މެލޭޝިއާގެ 4،000 ކުދިން "ހައްޖުކޮށްފި"
މެލޭޝިއާގެ 4،000 ކުދިން "ހައްޖުކޮށްފި"

ކުއާލަ ލަމްޕޫރުގެ ބޭރުން އޮންނަ ދަނޑެއްގައި ހަދާފައިވާ ގެފުޅުގެ މޮޑެލްއެއް ވަށައިގެން ކުޑަ ކުދިން ތޮވާފް ކުރަމުން ދިޔަ އެ ކުދިން ތިބީ ހުދު ހެދުމުގަ އެވެ. ކޮންމެ ކުއްޖެއްގެ ކޮނޑުގައި ފެހިކުލައިގެ އަދަބަހެއް އޮތެވެ. އެ ކުދިން ވަނީ "ޖަމްރާތަކަށް" ހިލަ ވެސް އުކައިފަ އެވެ.

މެލޭޝިއާގެ 4،000 ކުދިން "ހައްޖުކޮށްފި"
މެލޭޝިއާގެ 4،000 ކުދިން "ހައްޖުކޮށްފި"

"މިނީ ހައްޖު"ގެ ނަމުގައި ބޭއްވި އިވެންޓް އިންތިޒާމު ކުރުމުގައި އުޅުނު ޚައިރިޒާ ކަމަރުއްދީން ބުނީ މިއީ ކުޑަ ކުދިން ބޮޑުވެގެން ހައްޖުވުމަށް ތައްޔާރު ކޮށްދިނުމަށް ބޭއްވި ހަރަކާތެއް ކަމަށެވެ.

"މީގެ އިތުރުން މިއީ ހައްޖުގެ އަޅުކަމަށް ކުޑަ ކުދިން އަހުލުވެރިކޮށް، ހައްޖުވާނެ ގޮތް ދަސްކޮށް ދިނުމަށް ބޭއްވި އިވެންޓެއް،" ޚައިރިޒާ ބުންޏެވެ.

އޭނާ ބުނީ މިނީ ހައްޖަށް ފަހު ކުޑަ ކުދިން ވަރަށް ބޮޑަށް ޝައުގުވެރިވި ކަމަށާއި އެކުދިން ބޭނުން ވަނީ ބޮޑުވެގެން ސައުދީ އަރަބިއާ އަށް ގޮސް އަސްލު ގޮތަށް ހައްޖުވާން ކަމަށެވެ.

މުސްލިމުންގެ އާބާދީ ބޮޑު މެލޭޝިއާ އިން ކޮންމެ އަހަރަކު ވެސް 27،000 މީހުން ހައްޖަށް ފޮނުވަ އެވެ.