24 ޖުލައި 2017 - 16:33

ހަރާރޭ (ޖުލައި 24) - ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭގެ ފަހަރީގެ އުފަން ދުވަހުގެ ހަދިޔާއަކަށް 60،000 ޑޮލަރު ދީފި އެވެ.
ރަސްމީ ނޫސް ހެރަލްޑް އިން ބުނީ މުގާބޭ، 93، އާއި އަނބިކަނބަލުން ގްރޭސްގެ ފަރާތުން ޖޫނިއާ ގުމްބޮޗުމާ އަށް ފައިސާގެ ބޮޑު އެހީއެއް ދީފައި ވަނީ އެކަމަނާގެ އުފަން ދުވަސް ފާހަގަ ކުރުމަށް ކަމަށެވެ. އަދި މުގާބޭގެ ބޭފުޅުންގެ ފަރާތުން ވަނީ 10،000 ޑޮލަރު ހަދިޔާކޮށްފަ އެވެ.
"މިއީ ފަސްޓް ފެމިލީގެ ކުދިން ބެލުމުގައި ގުމްބޮޗުމާ އަދާކުރާ މުހިންމު ރޯލު ފާހަގަކޮށް، ޝުކުރު އަދާކުރުމަށް ދިން ހަދިޔާއެއް،" ނޫހުން ބުނެފައިވެ އެވެ.
ގުމްބޮޗުމާ އަކީ މުގާބޭގެ އަނބިކަނބަލުން ގްރޭސްގެ ދައްތަ އެވެ. އޭނާގެ 60 ވަނަ އުފަން ދުވަސް ފާހަގަ ކުރީ އިއްޔެ އެވެ. ގްރޭސް ވެސް ވަނީ އެކަމަނާގެ 52 ވަނަ އުފަން ދުވަސް ފާހަގަކޮށްފަ އެވެ.
މުގާބޭގެ ފަހަރީގެ އުފަން ދުވަހަށް ބޮޑު ހަދިޔާއެއް ދީފައިވާ އިރު ގައުމުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެ ބޭންކްތަކުން ފައިސާ ހުސްވެފަ އެވެ. ދުވާލަކު 20 ޑޮލަރު ނެގުމަށް ވެސް ބޭންކުތަކުގައި އެތައް ގަޑިއިރަކު ކިޔޫގައި ތިބެން ޖެހެ އެވެ.