25 ޖުލައި 2017 - 06:34

އައިފޯން 8 ގަންނަންޖެހޭ ކިތަންމެ ސަބަބެއް އޮވެދާނެ އެވެ. އައިފޯން ބޭނުންކުރާ ނަމަ ސަބަބުތައް ކިޔައިދޭން ފަސޭހަވާނެ އެވެ. އައިފޯނު 8 އަށް އަންނަން ހުރި ފީޗާތަކާ ހެދި ވެސް ގަންނަން ބޭނުންވެދާނެ އެވެ.
އައިފޯނަށް ވަފާތެރިވުމުގައި އުމުރު ހޭދަކުރާ ނަމަ، އައިފޯނު 8 އަށް އަންނަން ހުރި ފީޗާތަކުގެ އަޖުމަ ބަލަން ބޭނުންވާނެ އެވެ. އޭގެ ތެރޭގައި އޯލެޑް ޑިސްޕްލޭ، ފާސްޓް ޗާޖިން/ ވަޔަލެސް ޗާޖިން އަދި ފޭޝަލް ރިކޮގްނީޝަން ހިމެނެ އެވެ. މިއީ ވާދަވެރިންގެ ފޯނުގައި ހުރި ނަމަވެސް އަދި އައިފޯނުގައި ނެތް ފީޗާތަކެކެވެ.
އެޕަލް އިން އައިފޯނަށް ގެންނަ ކުރިއެރުންތަކުގައި، ކޮންމެ އަހަރަކު އަދަދެއް އިތުރުކުރެ އެވެ. އެ ތަރުތީބުން ފޯނުގެ ސްޕީޑް ވެސް އަވަސްކުރެ އެވެ. އެހެންކަމުން އައިފޯން 8 ގައި ވާދަވެރިންނަށް ވުރެ ދުވެލި ބާރު ޕްރޮސެސާއެއް އަޅުވައިފި ނަމަ، އައިފޯން ގަންނަން ބޭނުންވެދާނެ ސަބަބަކަށް އެކަން ވެސް ވެދާނެ އެވެ.
އައިފޯން 8 ގައި ޓަޗްއައިޑީ ސްކޭނާ ވަޅުލާނެ ކަމަށް ބެލެވެނީ، ހޯމް ބަޓަންގެ ބަދަލުގައި، ޑިސްޕްލޭގަ އެވެ. މިއީ ވެސް އައިފޯން އަށް އާ ފީޗާއެކެވެ.
ވާދަވެރިންގެ ފޯނުގައި ނެތް ވަރުގެ ކަމެއް އައިފޯން 8 ގައި ހިމަނައިފި ނަމަ، އައިފޯނަށް ކަސްޓަމަރުން އިތުރުވާނެ ސަބަބަކަށް ވާނެ އެވެ. މިސާލަކަށް ފޯނުގެ ދާރަ މުޅިން ދުއްވާލައި، ފޯނުގެ މޫނުމަތި ބޮޑު ސްކްރީނަކުން ފުރާލުން އެއީ ވާދަވެރިން ވެސް ގޮތް ބަލާލަން ބޭނުންވާނެ ސިފައެއް ކަމަށް ބެލެވެ އެވެ.
އައިފޯން 8 ގައި ހިމަނާނެ ކަމަށް ބުނެވޭ ގިނަ ފީޗާތަކަކީ މިހާރު ވެސް ވާދަވެރިން އުފާކުރާ ފަސޭހަތަކެކެވެ. އެހެންކަމުން، އެ އަށް ވުރެ ބޮޑު އަޖައިބެއް ދެއްކިގެން މެނުވީ، ވާދަވެރިންގެ ތެރެއިން ބަޔަކު ނުސިހޭނެ އެވެ.
އެޕަލް އިން މީގެ ކުރިން ނެރުނު ފޯނުތަކަށް ވުރެ އައިފޯން 8ގެ އަގު ބޮޑުވާނެ ކަމަށް ބުނެވެ އެވެ. އައިފޯން 8 ގައި ހިނަމާ ފީޗާތައް ވާންޖެހޭނީ އެ އަގަކަށް ހެޔޮވަރުގެ ކުރިއެރުމަކަށެވެ. އާ ކަސްޓަމަރުންނަށް ދައުވަތު ދިނުމުގައި ފޯނުގެ އަގު މުހިންމެވެ.