ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

އެއްވުމުގެ ތެރޭގައި މަޖިލީހުގެ މެންބަރުންގެ އިތުރުން ބައެއް އާންމުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައި.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

ސޯސަންމަގަށް އަދިވެސް ގިނަ ބަޔަކު ވަނީ އެއްވެފައި. އަދި ޝީލްޑާއެކު ފުލުހުން ވެސް އަންނަނީ އެ މަގުގައި ހަރަކާތްތެރިވަމުން.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

ރާއްޖެ ޓީވީ އާއި ސަން ޓީވީގެ ކެމެރާންމަން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި، ރާއްޖެ ޓީވީގެ ކެމެރާމަން ގެންދިޔައީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ލައިވް އިންޓަވިއުއެއް ނަގަމުން ދަނިކޮށް، ލައިވްކުރަން ބޭނުންކުރާ އިކުއިޕްމަންޓާ ވެސް އެކު.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

ސްޓެލްކޯ ކައިރީ ތިއްބެވި މެންބަރުން އެތަން ދޫކޮށް ވަޑައިގެންފި. އެ ތަނުން އާންމުންގެ ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

އަމީނީމަގުން ސްޓެލްކޯ ކައިރިއަށް މަޖިލީހުގެ މެންބަރުންތަކެއް ވަޑައިގަތުމާ އެކު އެ ބޭފުޅުންނަށް އެތަން ދޫކޮށް ވަޑައިނުގަނެވޭ ގޮތަށް އެ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައި.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

މަޖިލިހުގެ އިދިކޮޅު މެމްބަރުންނާއި އާންމު ބައެއް މީހުން މާލޭގެ އެކި ހިސާބުތަކުގައި މިހާރު ދަނީ ހިނގާލަމުން. އަދި އެ މީހުން ކޮންޓްރޯލް ކުރުމަށް ޝީލްޑާއެކު ފުލުހުން ވެސް އެބަ ހަރަކާތްތެރިވޭ.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

ސޯސަންމަގަށް އަދިވެސް އާންމުން އެއްވެފައިވާއިރު، އެ މީހުން ފަހަތަށް ޖެއްސުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި 45 މެމްބަރުންގެ ތެރެއިން ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައި. އޭގެ ތެރެއިން ބައެއް މެމްބަރުން މިއަދު މަޖިލިހަށް ވަދެވަޑައިގެންނެވި.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަނީ މަޖިލިހުގެ މެމްބަރުން ނޫން ކަމަށް ކަނޑައަޅާފައިވާ މެމްބަރުން މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެފައިތީ އެ ބޭފުޅުން ނެރުމަށް ފުލުހުންގެ އެހީތެރިކަމަށް ސިފައިން އެދުމުން ކަމަށް.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

ބައެއް މެމްބަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ފަށައިފި.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

ސޯސަންމަގަށް އެއްވި މީހުން މިހާރު މަޖީދީމަގާ ހަމައަށް ފަހަތަށް ޖައްސައިފި.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

އެމްއެންޑީއެފްގެ އެންގުމަށް މަޖިލިހުގެ އިދާރާގެ މުވައްޒަފުން ވެސް މިހާރު މަޖިލިހުގެ އިދާރާ އިން ނުކުމެއްޖެ.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

ގިނަ އަދަދެއްގެ ސިފައިން މަޖިލިހުގެ އިދާރާގެ ތެރެއަށް ވަންނަން ހިނގައްޖެ.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

މަޖިލިހުގެ އިދާރާގެ ހުރިހާ މުވަައްޒަފުން ވެސް އެ ތަން ދޫކޮށްފައި ދާން އަންގައިފި. އެހެންވެ މިހާރު މުވައްޒަފުން ދަނީ އެތަނުން ނުކުންނަމުން.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

ފުލުހުން މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެ، މެމްބަރުން ނެރޭއިރު ސިފައިން ވެސް އަންނަނީ ފުލުހުންނަށް އެހީތެރިވަމުން.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

އެސްއޯ ފުލުހުން މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެ މެމްބަރުން ގަދަކަމުން ނެރެން ފަށައިފި.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

މެމްބަރު މަހްލޫފު ވިދާޅުވީ ބައެއް މެމްބަރުންނަށް މަޖިލިހަށް ވަދެވަޑައިގަތް ވަގުތު ބައެއް ބޭފުޅުންނަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށް. އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް ވަރަށް ބޮޑަށް އެއްބާރުލުން ބޭނުންވާ ކަމަށް. އަދި މެމްބަރުން ދެން ކަންކަން ކުރިއަށް ގެންދާނެ ގޮތް ޖޮއިންޓް ޕީޖީ ގުރޫޕުގެ ބައްދަލުވުމަށް ފަހު ނިންމަވާނެ ކަމަށް.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

ރިޔާޒް ވިދާޅުވީ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއް ބޭއްވުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް. އަދި ވިދާޅުވީ މަޖިލިހަށް އިދިކޮޅު މެމްބަރުން ވަޑައިގަތީ ގާނޫނާއި މަޖިލިހުގެ އުސޫލުތަކާ އެއްކޮށް މަސައްކަތް ކުރެއްވުމަށް ކަމަށް.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މަޖިލިހުގެ އަމީން އާންމުގެ އެޕޮއިންޓްމަންޓަކަށް އިދިކޮޅު މެމްބަރުން މިހާރު އެދިވަޑައިގެންފައިވާ ކަމަށް.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

ސޯސަންމަގުން އެމްޑީޕީގެ އޮފީސް ކައިރީގައި އާންމުން އަދިވެސް ވަނީ އެއްވެފައި. އަދި އެ ސަރަހައްދުގެ ގިނަ މަގުތައް ފުލުހުން ވަނީ ބަންދުކޮށްފައި.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

ފޭސްބުކް ލައިވްގައި މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ މަޖިލިހުގެ ޖަލްސާ ބޭއްވުމާ މެދު އަމީން އާންމު އަހުމަދު މުހައްމަދު ގޮތެއް ނިންމަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

މެމްބަރުން މަޖިލިހަށް ވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި ބައެއް މެމްބަރުންނަށް ވަނީ އަނިޔާވެފައި. އޭގެ ތެރޭގައި މެމްބަރު ފައިސަލް ނަސީމަށް އަނިޔާވެގެން މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިނުގެންނެވުނީ މެމްބަރު އަބްދުﷲ ޝާހިދާއި ހުސެއިން މުހައްމަދާއި މޫސާ ނިޒާރު އަދި އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) އަށް.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

މެމްބަރުން މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގެންނެވި ވަގުތު، ފުލުހުން ވަނީ ބައެއް މެމްބަރުންގެ ގަޔަށް ޕެޕާސްޕްރޭ ވެސް ޖަހާފައި.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

މަދު މެމްބަރުންތަކެއް ފިޔަވައި އެހެން ހުރިހާ މެމްބަރުން މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެވަޑައިގެންފި. ބައެއް މެމްބަރުން މަޖިލިހުގެ އިދާރާ އަށް ވަޑައިގަތީ އެތަނުގެ ފާރުމަތިން ފުންމާލައިގެން.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު މަޖިލިހުގެ މެމްބަރުންނަށް މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިނުގެންނެވުމަކީ ރައީސް އަބްދުﷲ ޔާމީނަށް ރައީސް އޮފީަހަށް އަދި ފަނޑިޔާރުންނަށް ކޯޓުތަކަށް ވަދެވަޑައިގެންނެވޭ ގޮތް ނުވުން ފަދަ ކަމެއް ކަމަށް. އެހެންވެ މެމްބަރުން މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތުމަށް ހުރަސްނޭޅުމަށް މަހްލޫފު އެދިވަޑައިގެންނެވި. އޭނާ ވިދާޅުވީ މެމްބަރުންނަށް މަޖިލިހުގެ އިދާރާ އަށް ވަދެވަަޑައިގެންނެވެން ޖެހޭނެ ކަމަށް.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

ކުނޫޒް ކައިރިން މަޖީދީމަގު ބަންދުކޮށްގެން ޝީލްޑާއެކު ތިބި ފުލުހުން ދުރަށް ޖެހުމުން މެމްބަރުން މަޖިލިހުގެ އިދާރާ އަށް ވަޑައިގަތުމަށް ނައްޓާލައިފި.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

އާޒިމް ވިދާޅުވީ މަޖިލިހުގެ އިދާރާއާ ހަމައަށް މެމްބަރުން ވަަޑައިގަތުމަށް ފުރުސަތު ދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް. އަދި ހުދުމުހުތާރު ވެރިކަމަށް މަގުފަހިުިވާ ގޮތަށް އަމަލު ނުކުރުމަށް އާޒިމް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި.

ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި
ފުލުހުން މަޖިލިހުގެ އިދާރާ އަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފި

މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، ވަކި މީހަކު ހިމާޔަތް ކުރުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ނޯންނާނެ ކަމަށާއި ގާނޫނުއަސާސީއާ ޚިލާފުވާ ނަމަ އެ މީހަކު ހައްޔަރު ކުރަންޖެހޭނެ ކަމަށް. އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުގެ މައްސަލަތަކެއް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާއިރު، އެ ކަންކަން ބަލަން ފުުސަތު ދޭންޖެހޭ ކަމަށް. އާޒިމް ވިދާޅުވީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް އިދިކޮޅު މެމްބަރުން ނުކުރާނެ ކަމަށް.

ސޯސަންމަގުން އެމްޑީޕީ އޮފީސް ކައިރިއަށް އެއްވި މީހުން ފޮނުވާލުމަށް ފުލުހުން މިހާރު އަންނަނީ މަސައްކަތް ކުރަމުން.

ކުނޫޒް ކައިރީގައި މެމްބަރުން "ހިސޯރުކޮށްފައި" ވާއިރު، ސޯސަންމަގަށް ވެސް ބަޔަކު ވަނީ އެއްވެފައި. އަދި އެ ސަރަހައްދުގައި އެސްއޯ ފުލުހުން ދަނީ ހަރަކާތްތެރިވަމުން.

މަޖިލިހުގެ އިދާރާ އަށް އިދިކޮޅު މެމްބަރުން ވަޑައިގަންނަވަން މަސައްކަތް ކުރައްވާއިރު، އެތަނުގެ ހުރިހާ ގޭޓެއް ވަނީ ތަޅުލާފައި. އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވީ މިއަދު މަޖިލިހުގެ އިދާރާ އަށް ވަދެވޭނީ އެތަނުގެ މުވައްޒަފުންނަށް އެކަނި ކަމަށް އެމްއެންޑީއެފުން އަންގާފައިވާ ކަމަށް.

މެމްބަރުން ވިދާޅުވަނީ އެ ބޭފުޅުންނަށް މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިނުގެންނެވޭ ގޮތަށް "އަޅުގަނޑުމެން ހިސޯރުކޮށްފައި" ނުބޭތިއްބޭނެ ކަމަށް.

ފުލުހުން މިހާރު އަންނަނީ ޝީލްޑާއެކު ކުނޫޒް ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ފުލުހުން މިހާރު ވަނީ ކުނޫޒް ސަރަހައްދުގެ ގިނަ މަގުތައް ބަންދުކޮށް، މެމްބަރުންނަށް މަޖިލީހުގެ އިދާރާ އަށް ވަޑައިނުގެންނެވޭ ގޮތަށް ހުއްޓުވާފައި.

މެމްބަރުން އަންނަނީ އެކި ގޯޅިތަކުން މަޖިލިހުގެ އިދާރާ އަށް ވަޑައިގެންނެވޭތޯ މަސައްކަތް ކުރައްވަމުން. ނަމަވެސް ފުލުހުން ދަނީ ކޮންމެ ސަރަހައްދަކުން ވެސް މެމްބަރުންނަށް ހުރަސް އަޅައި ހުއްޓުވަމުން.

މަޖިލިހުގެ އިދާރާ އަށް ވަޑައިގަތުމަށްޓަކައި ކުނޫޒުން ނުކުމެވަޑައިގެންނެވި މެމްބަރުން، ކުނޫޒް ކައިރިން ފުލުހުން ހުއްޓުވައިފި.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މަޖިލިހުގެ އިދާރާ އަށް ވަަޑައިގަންނަވަން ތައްޔާރުވަމުން އަންނައިރު، ފުލުހުން ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒް ކައިރީގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

މިއަދު މެންދުރު 12:45 ގައި މަޖިލިހުގެ އިދާރާ އަށް ވަޑައިގެން، މިއަދުގެ ޖަލްސާ ބާއްވާނެ ކަމަށް އިދިކޮޅު މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

އިދިކޮޅު މެމްބަރުން ކުނޫޒްގައި ތިއްބެވިއިރު އެސްއޯ ފުލުހުން މިހާރު އަންނަނީ ކުނޫޒްގެ ބޭރުގައި ހަރަކާތްތެރިވަމުންނެވެ.

ތަފުސީލް އަންނަނީ...