24 ޖުލައި 2017 - 11:50

ޖިއްދާ (ޖުލައި 24) - މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއާ އަށް ދަތުރު ކުރާ މީހުންގެ ފުރަތަމަ ފްލައިޓް ޖިއްދާ އެއާޕޯޓުގައި މިއަދު ޖައްސައިފި އެވެ.
ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަތަމަ ޖެއްސީ ޕާކިސްތާނުގެ ހައްޖު ފްލައިޓެކެވެ.
ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންގެ ޗެއާމަން އަބްދުލް ހަކީމް އަލް ތަމީމީ ވިދާޅުވީ ހައްޖަށް އަންނަ ގްރޫޕްތަކަށް ސައުދީ ސަރުކާރުގެ ސީނިއާ އޮފިޝަލުން އެއާޕޯޓުން މަރުހަބާ ކިޔާނެ ކަމަށެވެ.
ހައްޖުގެ އަޅުކަމަށް ސައުދީ އަށް މީހުން ދަތުރު ކުރާނީ ޒުލްގާއިދާ މަހުގެ ފުރަތަމަ ދުވަސް (ޖުލައި 24) އިން ފެށިގެން ޒުލްހިއްޖާ މަހުގެ 6 ވަނަ ދުވަސް (އޮގަސްޓް 28) ވަނަ ދުވަހާ ހަމައަށެވެ. ހައްޖުގެ އަޅުކަން ނިންމުމަށް ފަހު ހައްޖުވެރިން ފުރަން ފަށާނީ ޒުލް ހިއްޖާ މަހުގެ 14 ވަނަ ދުވަސް (ސެޕްޓެމްބަރު 5) އިން ފެށިގެން މުހައްރަމް 15 ވަނަ ދުވަސް (އޮކްޓޯބަރު 6) ވަނަ ދުވަހާ ދެމެދު އެވެ.
ޖިއްދާ އެއާޕޯޓުގެ ހައްޖު ޓާމިނަލް ވަނީ ގަޑިއަކު 3،800 މީހުންނަށް ޚިދުމަތްދެވޭ ވަރަށް ތަރައްގީކޮށްފަ އެވެ. ސައުދީގެ ކަމާބެހޭ ހުރިހާ ފަރާތްތަކަކުން މިހާރު ވަނީ ހައްޖުވެރިންނަށް ޚިދުމަތް ދިނުމަށް ތައްޔާރުވެފަ އެވެ.